ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖާއު މީހުން: ދެކުނުއިރުމަތީގެ “ސީ ނޯމަޑުން”

ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖާއު މީހުންނަކީ ޒަމާނުއްސުރެ ދެކުނު އިރުމަތީ އޭޝިއާގެ ކަނޑުގެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ބައެކެވެ.

ބަޖާއު މީހުން ކަނޑުމަތީގައި ދިރިއުޅެމުންދަނީ، އެމީހުންގެ އަމިއްލަ ވަޒަނެއްވެސް ނެތިއެވެ. އެމީހުންނަށް ވަގުތާއި އުމުރުގެ އިހުސާސް ވަރަށް ކުޑައެވެ. އެމީހުންނަށް ގަޑިއާއި، ކަލަންޑަރާއި، އުފަންދުވަހާއި އެފަދަ އެއްވެސް އެއްޗެއް ނޭނގެއެވެ.

ބަޖާއު މީހުންގެ އަސްލު އަދި ވެސް ނޭނގެ އެވެ. މެލޭ ދަރިކޮޅުގެ ނަސްލެއް ކަމަށްވާ ބަޖާއު މީހުންނަކީ ޒަމާނުއްސުރެ ހަމައެކަނި ފެނުގައި ދިރިއުޅެމުން އަންނަ ބައެކެވެ. އެމީހުން ދިރިއުޅެނީ ދެކުނު އިރުމަތީ އޭޝިއާގައި، ފިލިޕީންސްގެ ހުޅަނގު ދެކުނުގެ ކަނޑުގެ ސަރަހައްދުގައެވެ.

ރަސްމީ ދައުލަތުގެ ރެކޯޑެއް ނެތި، ނުވަތަ އަމިއްލައަށް ކިޔާނެ ގިނަ ލިޔެވިފައި ހުރި ތާރީޚެއް ނެތި، ބަޖާއު މީހުންގެ ވާހަކަ އަކީ އެމީހުންގެ އަމިއްލަ ތަފާތު ފޯކްލޯރާއި އާދަކާދަތަކުގެ ތެރޭގައި އުފެދިފައިވާ ވާހަކައެކެވެ.

މައިގަނޑު ގޮތެއްގައި މަސްވެރިކަމުން ދިރިއުޅެމުން އަންނަ ބަޖާއު މީހުން ދިރިއުޅެމުން ދަނީ ލެޕާގެ ނަމުން ނަންދީފައިވާ ދިގު ހައުސްބޯޓުތަކުގައެވެ. އިންޑޮނޭޝިއާ، މެލޭޝިއާ އަދި ފިލިޕީންސްގެ ކަނޑުގެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ އެ މީހުން އާންމުގޮތެއްގައި ގޮނޑުދޮށަށް އަންނަނީ ތޫފާންތަކުގައި ވިޔަފާރިކުރުމަށް ނުވަތަ ހިޔާވަހިކަން ހޯދުމަށެވެ. ބޯޓުފަހަރުގައި ދިރިނޫޅޭއިރު، އާންމުގޮތެއްގައި ހުންނަނީ ފެނުގެ މަތީގައި ސްޓިލްޓްތަކުގައި ހަދާފައިވާ ކުދި ކުދި ގެތަކުގައެވެ.

ކުޑަކުދިން ޒުވާންއިރު ފީނަން ދަސްކޮށް، މަސްވެރިކަމާއި ޝިކާރަކުރަން ފަށަނީ އުމުރުން އަށް އަހަރުގެ ކުރީކޮޅުއެވެ. ނަތީޖާއެއްގެ ގޮތުން ބަޖާއުގެ ގިނަ މީހުންނަކީ އެކްސްޕާޓް ފްރީޑައިވަރުންނެވެ. އެއީ 230 ފޫޓަށް ވުރެ އަޑިއަށް ޑައިވްކޮށް، 60 ފޫޓު އަޑީގައި އެތައް މިނިޓެއް ވަންދެން ތިބެ، އެމީހުންނަކީ އާންމުގޮތެއްގައި ދުވާލަކު ގާތްގަނޑަކަށް ފަސް ގަޑިއިރު ކަނޑުއަޑީގައި ހޭދަކުރެވޭ ބައެކެވެ.

ހަގީގަތުގައި އެމީހުންނަކީ ސައިންޓިފިކް ގޮތުން އެހެން އިންސާނުންނާ ތަފާތުވާނެ ގޮތަށް ފެނުގެ އަޑީގައި ދިރިއުޅެވޭނެ ބައެކެވެ. ސެލް ޖާނަލްގައި 2018 ވަނަ އަހަރު ޝާއިއުކުރި ދިރާސާއިން ދައްކާ ގޮތުގައި ބަޖާއު މީހުންގެ ސްޕްލީން ހުންނަނީ އަވަށްޓެރި ސަރަހައްދުތަކުގެ އެވްރެޖް އިންސާނުންނަށް ވުރެ 50 ޕަސެންޓް ބޮޑުކޮށެވެ.

މީހުން ޑައިވް ކުރާއިރު ސްޕްލީން ކޮންޓްރެކްޓްވެ އޮކްސިޖަނޭޓެޑް ރަތް ލޭގެ ސެލްތަކުގެ ރިޒާވަރެއް ލޭގެ ތެރެއަށް ދޫކުރެއެވެ. ބޮޑު ސްޕްލީންގެ މާނައަކީ ލޭގެ ރަތް ސެލްތައް ގިނަވެ އޮކްސިޖަން އިތުރުވެ ކަނޑުއަޑީގައި ހުރުމުގެ ގާބިލުކަން އިތުރުވުމެވެ.

ބަޖާއުއިން ވަނީ ކަނޑުއަޑީގެ ތަސައްވުރު ވެސް ވަރަށް ބޮޑަށް ތަރައްގީކޮށްފައެވެ. މި ހުނަރުތަކުގެ ސަބަބުން މުތީ ފަދަ ކަނޑުގެ ހަޒާނާތައް ހޯދުމުގެ ފުރުޞަތު އެކުދިންނަށް ލިބިގެންދެއެވެ. އެމީހުން ޑައިވް ކުރުމުގައި އެހާ ގިނަ ވަގުތު ހޭދަކުރާތީ، ބަޖާއު މީހުންގެ ތެރެއިން ގިނަ މީހުން ކަނޑުއަޑީގެ ޕްރެޝަރުގެ ސަބަބުން ކަންފަތް ފަޅައިގެން ދެއެވެ.

ބަޖާއު މީހުންނަށް މަސްވެރިކަމަކީ ހަމައެކަނި ވިޔަފާރިއެއް ނޫނެވެ. އަދި އެމީހުންނަށް ފެނަކީ ހަމައެކަނި ވަސީލަތެއްވެސް ނޫނެވެ. އެމީހުންގެ އައިޑެންޓިޓީގެ މައިގަނޑު އަސާސަކީ މޫދާއި އެތަނުގެ ރަށްވެހިންނާ އޮންނަ ގުޅުމެވެ. އެހެންވީމާ، ހިމާޔަތް ކުރުމުގެ ވާހަކަ ދައްކާއިރު، އެއީ ހަމައެކަނި ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމެއް ނޫނެވެ. އެމީހުންގެ ސަޤާފަތްވެސް އަދި ޒަމާނުއްސުރެ އެމީހުން ދިރިއުޅެމުން އަންނަ ކަނޑުވެސް ހިމާޔަތްކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: