ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ ބުރަށްވުރެ، ދެވަނަ ބުރުގައި ތާއީދު އިތުރުވާނެކަމުގެ ޔަގީންކަން އެބަ އޮތް: ޑރ މުއިއްޒު

ޑރ މުއިއްޒު ކެމްޕެއިންގައި މާޅެންދޫއަށް. ފޮޓޯ: ޕީޕިއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރަތަމަ ބުރުގައި ދިން ތާއީދާށްވުރެ އިތުރަށް ރައްޔިތުން ތާއީދު ދެއްވާނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސެޕްތެމްބަރ 30 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން ޑރ މުއިއްޒު މިއަދު ދަތުރު ކުރައްވަމުން ގެންދަވަނީ ނ އަތޮޅަށެވެ. މިއަދުގެ 3 ވަނަ މަންޒިލް މާޅެންދޫއަށް ޑރ މުއިއްޒު ވަޑައިގެންނެވުމުން އެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.

ޑރ މުއިއްޒުގެ މި ދަތުރުގައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އާއި މާވަށު ދާއިރާގެ މެންބަރު އަހުމަދު ސައީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމްވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ޑރ މުއިއްޒު ކެމްޕެއިންގައި މާޅެންދޫއަށް. ފޮޓޯ: ޕީޕިއެމް

ރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ދެއްކެވި ވާހަކައިގައި ޑރ މުއިއްޒު ވިދާޅުވީ މާޅެންދޫއިން ފުރަތަމަ ބުރުގައި ދިން ތާއީދަށްވުރެ އިތުރަށް ދެވަނަ ބުރުގައި ތާއީދު ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށެވެ.

މާޅެންދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާިއ މުހާތަބުކޮށް ޑރ މުއިއްޒު ވާހަކަދައްކަވަނީ. ފޮޓޯ: ޕީޕީއެމް

ޑރ މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި މާޅެންދޫއަށް ކޮށްދެއްވާނެ ކަންކަންވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ރަށުގެ ބިން ހިއްކައި، ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށްދެއްވުމަށް ޑރ މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި ރަށުގެ އާބާދީއަށް އެކަށީގެންވާ ވަރަށް ތަރައްގީކޮށް ޒުވާނުންގެ މަރުކަޒެއް ގާއިމްކޮށްދެއްވާނެކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ގައުމުގައި ހުރި އިތުރު މައްސަލަތައް ހައްލުކޮށްދެއްވުމަށްވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. ގައުމުގެ މިނިވަންކަން ދަމަހައްޓާނެކަމަށް ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް އިންސާފު ހޯދައިދިނުމަށް ކުރައްވާ މަސައްކަތުގައި ދެމި ހުންނަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: