ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާމްދަނީ އިތުރުކޮށް، ބަޖެޓު ހޯދައިގެން ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ޖައްސައިދޭނަން: ޑރ މުއިއްޒު

ކެމްޕެއިންގައި ޑރ މުއިއްޒު ނ މަގޫދޫއަށް ވަޑައިގަތުން. ފޮޓޯ: ޕީޕީއެމް/ޕިއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އާމްދަނީ އިތުރުކޮށް، ބަޖެޓު ހޯދައިގެން ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ޖައްސައިދޭނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

އަންހަ ހަފްތާގެ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޑރ. މުއިއްޒު ކެމްޕެއިނަށް މިވަގުތު ދަތުރުކުރައްވަނީ ފުރަތަމަ ބުރުގައި ވަޑައިނުގެންނެވުނު ރަށްތަކަށެވެ. އެގޮތުން ހއ، ހދ، ށ ގެ ރަށްތަކަށް ފަހު މިއަދު ފެއްޓެވީ ނ އަތޮޅުގެ ރަށްތަކުގެ ކެމްޕެއިނެވެ.

މިއަދު ނ. މަގޫދޫއަށް ޑރ މުއިއްޒު ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ ވަރަށް ގިނަ ޝަކުވާތައް ހުށައަޅާފައެވެ. ސިއްހީ ނިޒާމާއި، ތައުލީމީ ނިޒާމާއި އަދި ދެންވެސް ހުރި އަސާސީ ހިދުމަތްތައް ނުލިބޭކަމުގެ ޝަކުވާތައް އެމަނިކުފާނަށް ހުށައެޅިއެވެ. އެއަށްފަހު ރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ދެއްކެވި ވާހަކައިގައި ޑރ މުއިއްޒު ވިދާޅުވީ ދެވަނަ ބުރުގައި މާ ބޮޑު ކާމިޔާބީއެއް ލިބިވަޑައިގަންނަވާނެކަން އެނގިލައްވާކަމަށެވެ.

ރަށުގައި ހުރި މައްސަލަތަކާއި ގުޅުވައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ 5 އަހަރެއްގެ ތެރެއަށް ބަހާލައިގެން، އަސާސީ ހިދުމަތްތައް ގާއިމްކޮށްދެވޭނެހާ މުއްދަތު ލިބިއްޖެކަމަށެވެ. އަދި އެކަމަށް ބޭޏުންވާ ބަޖެޓުވެސް އެބައޮތްކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އަދި މުއިއްޒު ވިދާޅުވީ މި ވެރިކަމާއި، ޕީޕީއެމް/ޕީއެންސީގެ ވެރިކަމާއި ތަފާތުވާނެކަމަށެވެ. އަދި މަޝްރޫއުތައް ކުރިއަށް ގެންދާނީ ބާރު ސްޕީޑުގައިކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރާއިރު، ރައްޔިތުންގެ ލަފައާއި މަޝްވަރާ ހޯއްދަވާނެކަމަށް ވެސް ވިދާދާޅުވިއެވެ.

އަޅުގަނޑަށް ކުރާ އިތުބާރުގައި، ރައްޔިތުން އެދޭ ގޮތަށްކުލަ ޖައްސައިދޭނަން.

ސިއްހީ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ނިޒާމުވެސް މަގޫދޫގައި ހަރުދަނާކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައި މުއިއްޒު ވިދާޅުވީ ފުޓްބޯޅަ ކުރިއެރުވުމަށް ބޭނުންވާކަމަށާއި، އެކަމަށް ބޭނުންވާ ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑުތައް ހަދަމުން ގެންދާނެކަމަށެވެ.

ގައުމުގެ އިގްތިސާދީ ހާލަތު އޮތީ އަނދަވަޅެއްގެ ތެރޭގައިކަމަށް ފާހަގަކޮށް އާމްދަނީ އިތުރުކޮށްގެން، ބަޖެޓު ހޯދައިގެން ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ޖައްސަވައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވާހަކަ ނިންމަވާލައްވަމުން ޑރ މުއިއްޒު ވަނީ އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: