ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒު ކެމްޕެއިންއަށް ރ އަށް: ވިދާޅުވީ ތަރައްގީ ގެނެވޭނެ މަގު ހޯދަން އެނގޭކަމަށް!

ޑރ މުއިއްޒު ކެމްޕެއިންގައި އަނގޮޅިތީމަށް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްތަކަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ މަގު ހޯއްދަވަން އެނގޭކަމަށާއި، ތަރައްގީ ގެނެވޭނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރ 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން ރ އަނގޮޅިތީމަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ޑރ މުއިއްޒު ވަނީ އެ ރަށުން އަލަށް ޕީޕީއެމް/ޕީއެންސީ އާއި ގުޅިވަޑައިގެން ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ވިދާޅުވީ އެއީ ރަނގަޅު ނިންމެވުމެއްކަމަށެވެ.

ޑރ މުއިއްޒު ވިދާޅުވީ ޒުވާނުން ޕީޕީއެމް/ޕީއެންސީއާއި ގުޅުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ. ޒުވާނުންނަށް ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގައި ހާއްސަކޮށްފައިވާ ވައުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

އަނގޮޅިތީމުން އަލަށް ޕީޕީއެމް/ޕީއެންސީ އާއި ގުޅިވަޑައިގެން މެންބަރުންގެ ފޯމާއި ހަވާލުވުން.

ދެވަނަ ބުރުގައި ވޯޓުދެއްވާއިރު، ކުރިއަށް ނުގޮސް ހުރި މަޝްރޫއުތަކާއިމެދު ވިސްނުމަށްފަހު ގޮތް ނިންމުން ވަރަށް މުހިންމުކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި، ސުކޫލުތައް ތަރައްގީކުރުމަށް ފަށާފައި ހުރި މަޝްރޫއުތައްވެސް ކުރިއަށް ނުދާކަމަށާއި، ރާއްޖޭގެ ގިނަ ރަށްތަކުގައި މި މައްސަލަތައް އެބަހުރިކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ވެރިކަން ކުރުމުގައި ހުރިހާ ރައްޔިތުންގެ ހިއްސާވެސް މުހިންމުކަމަށާއި، ރައްޔިތުންގެ ފުރިހަމަ ލަފައާއި މަޝްވަރާ ކޮންމެ ކަމެއްގައި އިސްކުރައްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ޑރ މުއިއްޒު ކެމްޕެއިންގައި އަނގޮޅިތީމަށް.

މީގެ އިތުރުން އެމަނިކުފާނު ހިއްސާކުރެއްވީ، ރަށްތަކުގެ ނިސްބަތުން އެ ރަށްރަށް ހާއްސަކުރަ ކަންތައްތަކުގެ ތެރެއިން އަނގޮޅިތީމަށް ހާއްސަކޮށްފައިވާ ކަންތައްތަކެވެ. ސުކޫލު ތަރައްގީކުރުމަށްޓަކައި، މަލްޓި ޕާޕޮސް ހޯލު ހެދުމާއި، ސިއްހީ މަރުކަޒު ތަރައްގީ ކުރައްވާނެކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ. އަދި ބަނދަރުގައި ހުރި މައްސަލަތައް ހައްލު ކޮށްދެއްވާނެކަމަށާއި، ބަނދަރުގެ މަޝްރޫއާއިއެކު މޫދަށް އެރޭނެ ސަރަހައްދެއްވެސް ހޯދައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މަގު ހެދުމުގެ މަޝްރޫއުއެއް ކުރިއަށް ގެންގޮސް މައި މަގުތައް ތަރައްގީ ކޮދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

އަޅުގަނޑަށް ޔަގީން އަޅުގަނޑަށް ކުރެވޭނެކަން.

ޑރ މުއިއްޒު ވިދާޅުވިއެވެ.

ޕޮލިސް ހިދުމަތްވެސް ހަރުދަނާކުރައްވާނެކަމަށް ފާހަގަކޮށް ޑރ މުއިއްޒު ވިދާޅުވީ ތަރައްގީ ގެނެސްދެއްވާނީ ރަށެއްގެ ނިސްބަތުން، ރަށަށް ބޭޏުންވާ މިންވަރަށްކަމަށެވެ. އަދި އެކަމަށް ބޭނުންވާ ދިރާސާތައް ހައްދަވާނެކަމަށް ވައުދުވެވަޑައިގެންވިއެވެ.

ވަކި ރަށެއް ތަފާތުނުކޮށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ލިބޭނެ ގޮތް ހަދައިދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: