ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމީ ގަރާރަށް ދޫދިނީ ޑިމޮކްރެޓްސްގެ ތާއީދު ލިބޭނެކަމުގެ އުންމީދުގައެއް ނޫން: ރައީސް

ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ވާހަކަ ދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ވެރިކަމުގެ ނިޒާމާއި ބެހޭ މައްސަލަ އާއި، ރައީސް މުހައްމަދު ނަޝީދާއި އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ދޫދިނީ ޑިމޮކްރެޓްސްގެ ތާއީދު ލިބޭނެކަމުގެ އުންމީދުގައި ނޫންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް ސޯލިހަށް އިންތިހާބުގައި ލިބުނު 38 އިންސައްތައަށް ފަހު އެމަނިކުފާނަށް އެހެން ސިޔާސީ ޕާޓީތަކުގެ ތާއީދު ބޭނުންވެ އެވެ. އެކަމަކު ޖުމްހޫރީ ޕާޓީ އާއި ޑިމޮކްރެޓްސް ވެސް ނިންމީ އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.

ގާތް ދެ ރަހުމަތްތެރިންގެ ގޮތުގައި ތިއްބެވި ރައީސް ސޯލިހާއި، ރައީސް ނަޝީދު ދެމެދު ސިޔާސީ ގޮތުން މައްސަލަތައް ޖެހި ދެބޭފުޅުންގެ ދެމެދު ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ރައްދު ކުރި އެވެ. ގުޅުން ގޯސްވެ ރައީސް ނަޝީދު، ރައީސް ސޯލިހަށް ކުރެވި ތާއީދު އަނބުރާ ގެންދެވުމަށް ފަހު އެމްޑީޕީ ދުކުރައްވައި ޑިމޮކްރެޓްސް ޕާޓީ އުފައްދަވައި ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ވެސް ނެރުއްވި އެވެ. 15،000 ވޯޓާއި އެކު އިންތިހާބުގައި ހަތް އިންސައްތަ ލިބި ތިންވަނައަށް ދިއުމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީއާއި އެކު ކުރިޔަށް ދިއުމުގެ ވިސްނުން ނެތް ކަމަށެވެ.

ރައީސް ސޯލިހާއި އެކު އެމްޑީޕީއަށް ކުރިއެރުމެއް، އަދި މުސްތަގުބަލެއް ނެތްކަމަށް ދައްކަވާ ވާހަކަ ތަކުރާރުކޮށް ރައީސް ނަޝީދު އެދެމުން ދިޔައީ މަޖިލީހުގައި އޮތް ނިޒާމީ މައްސަލައަށް ޖާގަ ދިނުމަށެވެ. ރައީސް ނަޝީދު ބޭނުންފުޅު ވީގޮތަށް މަޖިލީހުން އެގޮތަށް ފާސްވެގެން ދިޔަ ނަމަވެސް އެމަނިކުފާނު ރައީސް ސޯލިހަށް ތާއީދު ނުކުރެއްވި އެވެ.

މިއަދު އޮތް ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ރައީސް ސޯލިހާއި ”ސަންގު“ އިން ކުރި ސުވާލަކަށް އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ނިޒާމީ ވޯޓު ނެގުމުގެ ގަރާރަށް ދޫދީ، ރައީސް ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔައީ ޑިމޮކްރެޓްސްގެ ތާއީދު ހޯދުމުގެ ނިޔަތުގަ ނޫންކަމަށެވެ. އެކަމަކު ޑިމޮކްރެޓްސްގެ ތާއިދު އެމަނިކުފާނަށް ލިިބުނު ނަމަ މިހާރަށްވުރެވެސް ފަސޭހަ ވާނެ ކަަމަށް ވިދާޅުވި އެވެ. ރައީސް ސޯލިހު ވިދާޅުވީ ޑިމޮކްރެޓްސް އާއި އެމްޑީޕީއަކީ އެއްބައެއްކަމަށާއި، ނުރުހުމެއް އޮންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެބޭފުޅުންގެ ތާއީދާއި އެކު އިންތިހާބު މާ ފަސޭހަކޮށް ކާމިޔާބުވާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: