ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓަށް ބާކީ ހަފްތާއެއް؛ ރައީސް ވައުދުވީ އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000 އަށް ބޮޑު ކުރުމަށް

ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތް 7،000 ރުފިޔާއަށް ބޮޑު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ހަފްތާއަކަށްވެފައި ވަނިކޮށް ރައީސް ސޯލިހު މިރޭ އޮތް ރިޔާސީ ކެމްޕެއިން ބައްދަލުވުމުގައި ވިދާޅުވީ ވެރިކަމުގެ ދައުރު ފުރިހަމަ ކުރުމަށް މަސައްކަތް ކުރަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަމަށެވެ. އަދި ރައްޔިތުންނަށް ދިމަވާ ކޮންމެ ދަތިކަމެއް ހައްލުކޮށް، ކަންބޮޑުވުމަށް ނިމުމެއް ގެންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

ކެމްޕެއިން ބައްދަލުވުންތަކުގައި ގިނަ ބަޔަކާއި ދިމާވެ ހުށަހެޅި އެއް ޝަކުވާއަކީ ރައީސް ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އިނާޔަތް މިއަދުގެ ހާލަތާއި ބަލައި ކުޑަވުމެވެ. އަދި އެއީ ދެކޮޅުޖެހޭ އަދަދަކަށް ނުވުމާއި، އެހެން ހަރަދުތައް ކުރުމަށް އެންމެ އެކަށީގެންވާ އަދަދަށް ނުވާތީ އެ އަދަދު ބޮޑު ކުރުމަށް ނިންމާފައިވާކަމަށް ރައީސް މިރޭ ހާމަކުރި އެވެ.

ރައީސް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އުމުރުން ދުވަސްވެ، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް އިނާޔަތެއްގެ ގޮތުގައި 7،000 ރުފިޔާ ދެއްވާނެ ކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ 65 އަހަރގުގައި ރިޓަޔަމަންޓް އޮޕްޝަނަލްކޮށް 70 އަހަރުން ރިޓަޔާ ވާގޮތަށް ބަދަލު ކުރައްވާނެކަމަށް ވެސް ވިދާޅުވެފަ އެވެ.

އުމުރުން ދުވަސްވީ މީހުންނަށް އެންމެ ފުރަތަމަ އެލަވެންސެއް ދޭން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2000 ރުފިޔާ އެވެ. އޭގެ ފަހުން އުފެދުނު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެއަދަދު 5000 އަށް އިތުރު ކުރެވުނެވެ.

ފަސް އަހަރުގެ ތެރޭގައި ރައީސް ސޯލިހު މީގެ ކުރިން މި އިނާޔަތް ބޮޑު ކުރުމާއި މެދު ގެންގުޅުއްވާ ވިސްނުމެއް އެއްވެސް ވަރަކަށް ހާމަކުރައްވާފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: