ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

5 އަހަރަށް ބަހާލައިގެން ހުރިހާ ފަރާތްތަކެއްގެ މުސާރައަށް ހެޔޮބަދަލުތަކެއް ގެނެސްދޭނަން: ޑރ. މުއިއްޒު

ޑރ މުއިއްޒު ކެމްޕެއިންގައި މާޅެންދޫއަށް. ފޮޓޯ: ޕީޕިއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަށް އިންތިހަބުވެވަޑައިގެންފިނަމަ 5 އަހަރަށް ބަހާލައިގެން މިނިވަން މުއައްސަސާ ތަކާއި، ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ފުލުހުންނާ ސިފައިންގެ މުސާރަ ދެގުނަ ކުރާނެ ވާހަކަ ޑރ. މުއިއްޒު ވިދާޅުވެފައިވުމުން ”އާސްކް މުއިއްޒު“ ޕްރޮގްރާމްގައި އާންމުންގެ މީހަކު ވަނީ އެ ދެ މުއައްސަސާގެ މުސާރަ ދެގުނަ ކުރާނެ ވާހަކަ ޑރ. މުއިއްޒު ވިދާޅުވި އިރު ރާއްޖޭގެ އިގްތިސާދީ ޙާލަތު މިއޮތްގޮތުން އެއީ ކުރެވިދާނެ ކަމެއްތޯ ސުވާލު ކުރައްވާފައެވެ. އަދި އެއީ ސަރުކާރުގެ ބަޖެޓަށް ކޭޓަރ ކުރެވޭނެ ވަރު ކަމެއްތޯ ސުވާލު ކުރެއްވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ އެކަން ކުރުމަށް ނިންމާފައިވަނީ އެއްފަހަރާ ނޫން ކަމަށާއި، މުސާރަ ބޮޑުކުރުމަށް ނިންމާފައިވަނީ 5 އަހަރުގެ ދައުރަށް ބަހާލައިގެން 3 ފަހަރެއްގެ މަތިންކަމަށެވެ. ހަމަ އެއާއެކު ދެންހުރި ޔުނީފޯމް ވަޒީފާތަކާއި، މިނިވަން މުއައްސަސާތަކާއި، އަދި ސަރުކާރުގެ އެހެން އޮފީސް ތަކާއި ހުރިހާ ފަރާތްތަކަށްވެސް 5 އަހަރަށް ބަހާލައިގެން އެކަށީގެންވާ ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

”އެކަން ކުރާނީ އެއްފަހަރާއެއްނޫން. 2024 ގަ 35 ޕަސަންޓް އޭގެ 2 އަހަރު ފަހުން 2026 ގަ 35 ޕަސެންޓް، ދެން 2028 ގަ ބާކީ 30 ޕަސެންޓް. އެހެންވީމަ 3 ފަހަރުގެ މަތިން އެކަން ކުރާނީ. ހަމަ އެއާއެކު ދެންހުރި ޔުނީފޯމް ބޮޑީސްތަކަށް އެއީ، ކަރެކްޝަން ސާރވިސް، އިމިގްރޭޝަން، ކަސްޓަމްސް ފަދަ މިހެންގޮސް ހުރިހާ ފަރާތްތަކެއް، މިނިވަން މުއައްސަސާތަކާ،ސަރުކާރުގެ އެހެން އޮފީސް ތަކާ، މިހުރިހާ ފަރާތްތަކަށްވެސް ހަމަ އެކަށީގެންވާ ހެޔޮ ބަދަލެއް، އިރާދަކުރެއްވިއްޔާ 5 އަހަރު ތެރެއަށް ބަހާލައިގެން، ގެނެސްދޭނަން“

ޑރ. މުއިއްޒު ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ އިގްތިސާދުށް ވަރަށް ބޮޑަށް ރަނގަޅުކުރަންޖެހިފައިވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މުސާރަތަކަށް ހެޔޮ ބަދަލު ގެނެސްދެވޭނީ އިގްތިސާދަށް ކުރިއެރުން ގެނެސްދީ އާމްދަނީ އިތުރުކުރެވިގެންދާ މިންވަރަކުން ކަމަށެވެ.

”މިރާއްޖޭގެ އިޤްތިޞާދު މިވަނީ ވަރަށްބޮޑަށް ރަނގަޅުކުރަންޖެހިފަ. އެކަންކަން ރަނގަޅުކުރެވެމުންދާ މިންވަރަކުން ހަމަހުރިހާ ފަރާތްތަކެއްގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނަން“

މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން ޕީޕީއެމް/ޕީއެންސީއިން 3 އަހަރަށް ބަހާލައިގެން ހުށަހަޅާ އިކޮނޮމިކް ޕްލޭންގެ ތެރެއިން އެކަން ކުރެވޭނެ ކަމުގެ ޔަޤީންކަން ޑރ. މުއިއްޒު ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: