ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮޓޯ ގެލަރީ: “ދިވެހީންގެ ރާއްޖެ” ކުޅުދުއްފުށީ ޖަލްސާ!

ކެމްޕެއިންގައ ޑރ މުއިއްޒު ކުޅުދުއްފުށި ސިޓީއަށް. ފޮޓޯ: މުހައްމަދު އަހުޒަމް
ޝެއާރކޮށްލާ ކަހަލަދޯ؟
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި ޑރ މުއިއްޒު މިހާރު ވަނީ އުތުރުގެ ހުރިހާ އަތޮޅަކާއި އަރިއަތޮޅުގެ ރަށްތަކުގެ ތެރެއިން 56 ރަށަށް ވަޑައިގެންފައި. ފޮޓޯ: މުހައްމަދު އަހުޒަމް
ކުޅުދުއްފުށީގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދިނުމަށް ވައުދުވެވަޑައިގެން، މަގުތައް ހަދާއިރު ރޭސިންއަށް ހާއްސަކޮށް ބައެއް މަގުތައް ތަރައްގީކުރައްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި. ފޮޓޯ: މުހައްމަދު އަހުޒަމް
‎ކުޅުދުއްފުށީ ހޮސްޕިޓަލަކީ ހަގީގީ މާނައިގެ ޓާޝަރީ ހޮސްޕިޓަލަކަށް ހަދާނެކަމަށާއި، އަދި މި ހޮސްޕިޓަލު ތަރައްގީކުރާއިރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހަކަމާއިއެކު ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމަށް ފާހަގަކޮށް ޑރ މުއިއްޒުު ވިދާޅުވީ ހޮސްޕިޓަލް ތަރައްގީކޮށް، އިތުރު ހިދުމަތްތައް ތައާރަފުކުރުމުން އުފެދޭ ވަޒީފާތަކަށް މުވައްޒަފުން ނެގުމުގައި ދިވެހިންނަށް އިސްކަންދެއްވާނެކަމަށް. ފޮޓޯ: މުހައްމަދު އަހުޒަމް
ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމުގެ ގޮތުން ކުރާ ކަންކަމަށް ބަޖެޓުން ހާއްސަކުރާނެކަމަށާއި، ޕަަބްލިކް ހެތް ދާއިރާއަށް ވަރަށް ބޮޑަށް އިސްކަންދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި. ފޮޓޯ: މުހައްމަދު އަހުޒަމް
ކުޅުދުއްފުށީގެ އެއާޕޯޓު އިތުރަށް ތަރައްގީ ކޮށްދެއްވާނެކަމަށާއި، އެއާޕޯޓާއި އިންވެގެން އޮތް ބިމުން އިގްތިސާދީ ފައިދާ ހޯދައިދެއްވާނެކަމަށްވެސް ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވި. ފޮޓޯ: މުހައްމަދު އަހުޒަމް
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: