ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ މީހުން ސަރުކާރުގެ މަގާމުތަކުން ވަކިކުރާނަން: ޑރ މުއިއްޒު

ކެމްޕެއިންގައ ޑރ މުއިއްޒު ކުޅުދުއްފުށި ސިޓީއަށް. ފޮޓޯ: މުހައްމަދު އަހުޒަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ މީހުން ސަރުކާރުގެ މަގާމުތަކުން ވަކިކުރައްވާނެކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކުރެވެން ޖެހޭނީ މިހާރު ކުރަމުން މިދާ މިންވަރަށްވުރެ އަދުލުވެރި އިންސާފުވެރި ވެރިކަމެއްކަމަށް ފާހަގަކޮށް ދެއްކެވި ވާހަކައިގައި ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ދައުލަތް ހިންގުމުގެ ނިޒާމު މިނިވަންވާނެކަމަށެވެ. އެގޮތުން ޝަރުއީ، ދާއިރާ ވާނީ ހަގީގީ މާނައިގައި މިނިވަން ދާއިރާއަކަށް ކަަމަށާއި ޝަރީއަތުގެ ތެރެއަށް ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަަމަށްވެސް ވިދާޅުވިއެވެ.

އެފަދަ އެއްވެސް ކަމެއް ކުރުމަށް މަސައްކަތްކުރާ މީހަކު މަގާމެއްގައި ހުރެއްޖެނަމަ މަގާމުން ވަކިކުރާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. މިއީ ވާޙަކައެއް ދައްކާލުމުގެ ނިޔަތުގައި ދައްކަވާ ވާހަކަތަކެއް ނޫންކަމަށާއި، އެއީ ތަންފީޒުކުރައްވާނެ ކަންކަންކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

އަމަލީ ގޮތުން މިނިވަން ޖުޑިޝިއަރީއެއް މި ގައުމަށް އިރާދަކުރެވިއްޔާ ގާއިމްކޮށްދޭނަން، އެއިރުން ރައީސް ޔާމީނަށްވެސް މިނިވަންކަން ލިބިގެން ދާނެ.

ޑރ މުއިއްޒު ވިދާޅުވިއެވެ.

އަމަލީ ގޮތުން މިނިވަން ޖުޑިޝަރީއެއް ގާއިމްކޮށްދެއްވުމަށް ތަކުރާރުކޮށް ވައުދުވެ، ޑރ މުއިއްޒު ވިދާޅުވީ އޭރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ނުބެލި އޮތް މައްސަލަވެސް ބަލާ، އިންސާފު ލިބޭނެކަމަށެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި އިންސާފު ހޯދައިދިނުމުގައި، ކުޑަ އަދި ބޮޑު މީހަކަށް ނުބަލާނެކަމަށާއި، މަގާމުގެ ތަފާތުކުރުން ނުގެންގުޅުއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ޖުޑިޝަރީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުންނަށްވެސް ފުރިހަމަ މިނިވަންކަން ހޯދައިދެއްވާނެކަމަށާއި، މިނިވަން މުވައްސަސާތަކަކީ ގާނޫނު އަސާސީގައި އާއި ގާނޫނުތަކުގައި ހަމައެކަނި މިނިވަން ޖަހާފައި އޮންނަ މުވައްސަސާތަކެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، އެ މުވައްސަސާތަކަކީ ހަގީގީ މާނައިގައި މިނިވަން ތަންތަނަށް ހައްދަވާނެކަަމަށްވެސް ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ. އަދި އެ މުއައްސަސާތަކުގައި ތިއްބަވާނީ ތައުލީމާއި ތަޖުރިބާގެ ގޮތުން ގާބިލްކަމާއިއެކު ހިދުމަތް ދެވޭނެ ބޭފުޅުންކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.

މިފަދަ މުއައްސަސާތަކަށް ހަމައެކަނި ސިޔާސީ ބޭފުޅުން އައްޔަން ނުކުރައްވާނެކަމަށާއި، ގާބިލްކަމަށް ބައްލަވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމުގައި ހުރި އިތުރު މައްސަލަތައް ހައްލުކޮށްދެއްވުމަށްވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. ގައުމުގެ މިނިވަންކަން ދަމަހައްޓާނެކަމަށް ވިދާޅުވިއެވެ. އަދި ރަށްތަކުން އެމަނިކުފާނަށް ވޯޓު ނުދެއްވި ނަމަވެސް، އެ ރަށަކަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެކަމުގެ ޔަގީންކަން ޑރ މުއިއްޒު ވަނީ މީގެ ކުރިންވެސް ދެއްވާފައެވެ. އަދި އެމަނިކުފާނުގެ މައިގަނޑު ސިޔާސަތަކީ ހަމަހަމަކަންކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: