ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުންގެ މަލާމަތާއި ފުރައްސާރަ ލިބުނަސް ހެޔޮ، ތާއިދު ކުރާނީ ރައިސް ސޯލިހަށް: ޕްރޮފެސަރ އުގައިލް

ފްރޮފެސަރ ހަސަން އުގައިލް-
ޝެއާރކޮށްލާ ކަހަލަދޯ؟

މީހުންގެ މަލާމަތާއި ފުރައްސާރަ ލިބުނަސް ހެޔޮކަމަށާއި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއިދު ކުރާނީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހަށްކަމަށް ޕްރޮފެސަރ އުގައިލް ވިދާޅުވެއްޖެއެވެ.

އުގައިލް އޭނާގެ ފޭސްބޫކުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ނަޒަރުގައި ގައުމަށާއި ރައްޔިތުންނަށް  އޮތް އެންމެ ރަނގަޅު ގޮތަކީ ދެވަނަ ބުރުގައި ރައިސް ސޯލިހަށް ތާއިދު ކުރުންކަމަށެވެ.

”ދެވަނަބުރުގައި ތާއީދު އޮތީ ރައީސް ސޯލިހަށް. ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ މިހާރު ރާއްޖެގައި ސިޔާސީގޮތުން އޮތް އެންމެ ހަރުދަނާ އަދި ތަޖްރިބާކާރު ޕާޓީ. ޑިމޮކްރަސީގެ އުސޫލުތަކާއި އަސާސްތަކަށް ތާއީދު ކުރާ ފަރުދެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ވޯޓު ދޭން ބޭނުންވަނީ އެޕާޓީއަށް. މިއީ އަޅުގަނޑުގެ ނިންމުން. އަޅުގަނޑުގެ މިނިންމުމާ ގުޅިގެން ބައެއް ފަރާތްތަކުން އަޅުގަނޑަށް މަލާމާތާއި ފުރައްސާރަ ރައްދުކުރާނެކަން ވެސް އެނގޭ. އަޅުގަނޑުގެ ބޮލުގައި ފާޑުފާޑުގެ ދޮގު އިލްޒާމްތައް އަޅުވާނެކަން ވެސް އެނގޭ.“ އުގައިލް ވިދާޅުވިއެވެ

ދެވަނަބުރުގައި ރައީސް ސޯލިހަށް ތާއިދުކުރަން ނިންމެވުމުން ވަރަށް ގިނަ ބަޔެއްގެ މަލާމާތާއި ފުރައްސާރަ ލިބޭނެ ކަމަށާއި، ނަމަވެސް އޭނާ ހުރީ ރާއީސް ސޯލިހާއި އެކު ކަމަށެވެ. ސަރުކާރުން ނުވަތަ ވެރިއެއްގެ ފަރާތުން އަމިއްލަގޮތުން ބޭނުންވާ އެއްވެސް އެއްޗެއް ނެތް ކަމަށާއި، އަމިއްލަ ހައިސިސްޔަތުން ބޭނުފުޅުވަނީ ހަލާލުގޮތުގައި ހޯދާ ފައިސާއާއި މުދަލުން  އާއިލާގެ ދިރިއުޅުން ސާދާގޮތުގައި ތަރުތީބުކުރަމުން ކުރިއަށްދާ މީހެއްގެ ގޮތުގަގައި ހުރުން ކަމަށެވެ.

މި މިހަގީގަތް ހެޔޮވިސްނޭ ދިވެހި ފަރުދުންނަށް ރަނގަޅަށް އެނގި ވަޑައިގަންނަވާނެ ކަމަށާއި، އަބަދުވެސް ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި އަމިއްލަ އެދުމުން އެއްކިބާވެ ހުރެ ބަސްބުނާ މީހެއްކަން، ހެޔޮވިސްނޭ ހުރިހާ ދިވެހިންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އުގެއިލް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގައިވެސް އުގައިލް ތާއިދު ކުރެއްވީ ރައީސް ސޯލިހަށެވެ. އޭރު އުގައިލް ވިދާޅުވީ ސުލްޙަވެރިކަމާއި އަމާންކަމާއި އެކު ތަރައްޤީގެ އެތައް މަޝްރޫއު ތަކެއް ފަށައި ކުރިޔަށް ހިނގަމުންދާ މިސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް ފެންނަން ނެތް ކަމަށެވެ. އުގައިލް ރައީސް ސޯލިހަށް ތާއިދު ކުރައްވަން ނިންމެވުމާއިއެކު ވަރަށް ގިނަ ބަޔަކު ވަރަށް ބޮޑަށް އޭނާ އަށް ފާޑު ވިދާޅުވެ ތަފާތު ވާހަކަތައް ފެތުރުނެވެ. އުގައިލް ފާހަގަކޮށްފައިވަނީ އެފަދަ ވާހަކަތައްކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
19%ވަރަށް ގަދަ 76%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 5%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: