ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިރާޖު އިދިކޮޅު ޕީޕީއެމަށް!

ޕީޕީއެމަށް ސިރާޖު ސޮއިކޮށްފައި ވަނީ ލ. ގަމުގައި ބޭއްވި ޖަލްސާގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ފުނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އިދިކޮޅު ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯޅިހަށް ކުރައްވާ ތާއީދު އަނބުރާ ގެންދަވައި، ދުވަސްތަކެއް ވަންދެން އެމްޑީޕީ އާއި ދުރުގައި ހުންނެވުމަށް ފަހު ސިރާޖު މިފަހުން އުޅުއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒަށް ތާއީދުކޮށް ކެމްޕެއިން ހަރަކާތުގަ އެވެ. އަދި މިރޭ ބޭއްވި ކެމްޕެއިން ބޮޑު ޖަލްސާގައި ޕީޕީއެމަށް ސިރާޖު ސޮއި ކުރުމުން އެކަމަށް ޕާޓީން ވަނީ ހޫނު މަރުހަބާއެއް ކިޔާފަަ އެވެ.

ސިރާޖު މިވަގުތު މަޖިލީހުގައި ތަމްސީލު ކުރައްވާ ފޮނަދޫ ގޮނޑިއަކީ ޕީޕީއެމްގެ ބޮޑު ތާއީދެއް އޮތް ދާއިރާއެކެވެ. އެކަމަކު އިންތިހާބުތަކުގައި މާބޮޑު ކާމިޔާބެއް ނުލިބުނު ނަމަވެސް، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރަށުގެ މެޖޯރިޓީ ނެގީ މުއިއްޒެވެ. އެކަން ފާހަގަކޮށް ސިރާޖު ވިދާޅުވީ ފޮނަދޫގައި އެމްޑީޕީން ކުރަމުން އައީ ރަސްކަން ނިމުމަކަށް އައިސްފައިވާކަމަށާއި، ރައްޔިތުން ތަރައްގީގެ ބޮޑު ބަދަލަކަށް ބޭނުންވެފައިވާކަން ނަތީޖާތަކުން ހާމަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: