ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ބިރުޖަށްވުރެ ކުރު މުއްދަތެއްގައި ތިލަމާލެ ބުރިޖު ނިމޭނެކަމަށް ބެލެވޭ: މަހްލޫފް

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ބުރިޖު ނިންމުނު ވަރަށްވުރެ އަވަހަށް ތިލަމާލެ ބުރިޖު ނިމޭނެކަމަށް ބެލެވޭކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ދެވަނަ ދައުރެއް ކާމިޔާބުކުރުމަށް މަސައްކަތްކުރައްވަމުންދާ އެމްޑީޕީގެ ކެންޑިޑޭޓު މިހާރުގެ ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެޅުމަށް މަސައްކަތްކުރަމުންދާ ތިލަމާލެ ބުރިޖުގެ މަސައްކަތްތައް އެކަށީގެންވާ މިންވަރަކަށް ކުރިއަށް ނުދާކަމަށް އަދި އެ މަޝްރޫއުގެ ސަބަބުން ބޮޑެތި މާލީ ގެއްލުންތައް ލިބެމުންދާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، މަހްލޫފުވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އޭނާ ވިދާޅުވީ، ތިލަމާލެ ބުރިޖުގެ ތަނބެއް ނުފެންނަކަމަށް ބުނެ ހަޖޫޖަހާނަމަވެސް އެކަމުގެ ހަގީގަތް ތަފާތުކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ހަގީގަތުގައި ބުރިޖުގެ މުހިންމު ބައިވަރު އެތައް މަސައްތަކެއް ކުރެމުންދާކަންކަމަށެވެ. އަދި ތަނބުގެ މަސައްކަތްތައް ނިމޭއިރު، ކަންކަން ހުންނާނީ ބުރިޖު ރާވާލެވޭ ވަރަށް ތައްޔާރަށްކަމަށާއި މަޝްރޫއުގެ ދުވެލި ހުރި ގޮތަކަށް ބަލާއިރު، ހުޅުމާލެ ބުރިޖުގެ މަސައްކަތް ކުރެވުނު ވަރަށްވުރެ ކުރު މުއްދަތެއްގައި ތިލަމާލެ ބުރިޖުގެ މަސައްކަތް ނިންމޭނެކަމަށް ބެލެވޭކަމަށް މަހްލޫފު ވިދާޅުވިއެވެ.

ވަރަށް ގަދަ
5%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 95%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: