ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ނިޒާމަކުން ރަނގަޅު ރައީސަކުނުވި: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ނިޒާމަކުން ރަނގަޅު ރައީސްއަކު ލިބޭތޯ 50 އަހަރުވި އިރުވެސް އެކަން ނުވި ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ) ވިދާޅުވެއްޖެއެވެ.

ފާއިތުވި ފަންސާސް އަހަރުގައި ވެސް ރިޔާސީ ނިޒާމުން ރަނގަޅު ރައީސަކު ލިބުނުތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. އޭނާ ވަނީ މިހާރު އޮންނަ ރިޔާސީ ނިޒާމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެވަޑައިގެންފައެވެ. އޭނާ ވިދާޅުވީ އެކަމެއް ހާސިލު ނުވާ ކަމަށެވެ. ކޮންމެ ފަސް އަހަރުން ފަސް އަހަރުން އެނޫން ގޮތެއް ހޯދަން ޖެހޭކަމަށް މުހައްމަދު ވަހީދު ވިދާޅުވިއެވެ.

މުހައްމަދު ވަހީދު އެފަދައިން ވިދާޅުވި އިރު އޭނާ ނިސްބަތްވާ ޕާޓީއިން ޑިމޮކްރެޓްސް އިން ވަނީ ބަރުލަމާނީ ނިޒާމު ރާއްޖޭގައި ބާއްވަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެށް ނަގަން މަޖިލީހަށްވަނީ ހުށަހަޅާ ފާސްކޮށްފައެވެ.

މަޖިލީހުން އެ ގަރާރު ފާސްކުރީ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ތާއިދު ލިބިގެންނެވެ. އެކަމަކު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ނިޒާމީ ވޯޓަށް ޝައުގުވެރިކަން ފާޅު ކޮށްފައެއްނުވެއެވެ.  މަޖިލީހުގެ ގަރާރާ އެއްގޮތަށް ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުން ނެވެ. އެ ކޮމިޝަން ބުނީ މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ މަހުގެ 29 ވަނަ ދުވަހު ވޯޓު ނުގުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: