ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އެމްޑީއޭ ސިފަކުރީ އައިސްފައި ދާ އެއްޗެއްގެ ގޮތުގައި!

ރިޔާސީ ކެމްޕެއިނަށް ފޯކައިދޫގައި ބޭއްވި ޖަލްސާގައި ސިޔާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީއޭ ވަކިވުމާއިމެދު ކަންބޮޑުވެވަޑައިނުގަންނެވުމަށް އެދިވަޑައިގެން “އަންނަ އެއްޗެއްހީގެ ތެރޭގައި ދާ އެއްޗެހިވެސް ހުންނާނެ” ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭ ވަކިވުމާއިމެދު ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، އެ ޕާޓީ ކޯލިޝަނުން ވަކިވުމަކީ ބައެއް މީހުންނަށް މާޔޫސްކަން ގެނުވާ ކަމެއް ކަމަށް ވެދާނެކަަމަށެވެ. އެހެންނަމަވެސް އެކަމާއި ކަންބޮޑުނުވުމަށް ރައީސް އެދިވަޑައިގަތެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީއޭއިން ކޮށްދީފައިވާ މަސައްކަތްތައް އެނގޭކަމަށާއި އެކަންކަމަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ރަނގަޅު މުސްތަގުބަލެއް އެ ޕާޓީއަށް އެދޭކަމަށާއި އެހެންނަމަވެސް އެމްޑީޕީގެވެސް އުންމީދުތައް ފޮނިކަމަށާއި ކުރިމަގުވެސް އުޖާލާކަމަށް ފާހަގަކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން އަވަސް ގޮތަކަށް އެ ޕާޓީއަށް ފެނިގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ، އަންނަ އެއްޗެއްހީގެ ތެރޭގައި ދާ އެއްޗެހި ކޮންމެވެސްވަރަކަށް ހުނާނެކަމަށް ދިވެހިންގެ ތެރޭގައި ބުނެ އުޅޭކަމަށާއި އެހެންކަމުން އެކަހަލަ ކަންކަން ދިމާވާނެކަމަށާއި ކަންބޮޑުނުވުމަށްވެސް ރައީސް އިލްތިމާސްކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: