ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަނޭޝަނަލް ޑްރައިވިންގް ލައިސަންސަށް ހުޅުވާލާއިފި

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަނޭޝަނަލް ޑްރައިވިންގް ލައިސަންސަށް ހަދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާއިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އިންޓަނޭޝަނަލް ލައިސެންސް ދުކުރެވޭނީ މިނިސްޓްރީން އެކަށައަޅާ ތަމްރީން ޕްރޮގުރާމެއް ފުރިހަމަކުރެއްވުމަށްފަހު މިނިސްޓްރީން ޝަރުތު  ފުރިހަމަވާ ކަމަށް ކަނޑައަޅާ ފަރާތްތަކަށް ކަމަށެވެ. އަދި އެ ތަމްރީން ޕްރޮގުރާމްގައި ބައިވެރިވެވޭނީ މިނިސްޓްރީން ކަނޑައަޅާ ދޫކޮށްފައިވާ އޭ ޒޯނުގެ ދާއިމީ ލައިސެންސް ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ބުނެފައިވެއެވެ.

އިންޓަނޭޝަނަލް ޑްރައިވިންގް ލައިސަންސް އަކީ އެއްގަމު އުޅަނދު ދުއްވުމުގައި މިނިސްޓރީން ދޫކުރާ ލައިސެންސްތައް ބައިނަލް އަގްވާމީގޮތުން ކަނޑައަޅާ މިންގަނޑުތަކަށް ފެއްތުމަޓަކާއި، ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ނިންމާފައިވާ ކަމެއް ކަަމަށް ވެސް އެ މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ. އެހެންކަމުން މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް ލައިސެންސް ބޭނުންވާ ފަރާތްތަކުން އެ ޕްރޮގުރާމްގައި ބައިވެރިވުމަށް އެދެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައެވެ.

މީގެ އިތުރުން މިނިސްތްރީން ބުނީ މި ލައިސެންސްއަކީ “ވިއެނާ ކޮންސްޓްރެކްޝަން އޮން ރޯޑް ޓްރެފިކް 1968” ގައި ބައިވެފައިވާ ގައުމުތަކުގައި ގަބޫލު ކުރާ ލައިސެންސެއް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: