ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމަތީގެ ބާޒާރު ހިންގާ ފަރާތްތައް އުސޫލާއި ހިލާފުވާނަމަ ހުއްދަ ބާތިލް ކުރެވޭގޮަތަށް އަމަލު ކުރަނީ

ރަސްފަންނުގައި ބޭއްވި ނައިޓް މާކެޓް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަގުމަތީގެ ބާޒާރު ހިންގާ ފަރާތްތައް އުސޫލާއި ހިލާފުވާނަމަ ހުއްދަ ބާތިލް ކުރެވޭގޮަތަށް އަމަލު ކުރަން ނިންމައިފިއެވެ.

އެގޮތުން އިކްނޮމިކް މިސްޓްރީން ބުނީ ނައިޓްމާކެޓު ނުވަތަ މަގުމަތީބާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލު ކުރާނެ އުސޫލުގެ އެއްވަނަ އިސްލާހުގައި ބުނެފައވާގޮތުން، މަގުމަތީގެ ބާޒާރު ބާއްވާފަރާތްތަކުން ގެޒެޓްގައި ޝާއިއު ކޮށްފައިވާ އުސޫލާއި އެއްގޮތަށް އަމަލު ކުރަންޖެހޭނެ ކަމަށެވެ.

އަދި ފާހަގަ ކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިނުވާނަމަ ނުވަތަ އެފަދަ ބާޒާރެއް ހިންގުމުގައި ހިލާފުވެއްޖެނަމަ ހުއްދަ ދޫނުކުރެވޭނެ ކަމަށެވެ.

ފެއާ ނައިޓްމާކެޓަކީ އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރެވޭގޮތަށް ހުއްދަދީފައިވާ ވިޔަފާރިއެއްކަމަށާއި، ނަމަވެސް ވިޔަފާރި ކުރަނީ ކޮންމެވެސް މުނާސަބަތަކާއި ގުޅުވައިގެން ކަމަށެވެ. އަދި ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރުމުގެ އިހްތިޔާރުވެސް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ ނައިޓްމާކެޓް ނުަވަތަ މަގުމަތީގެ ބާޒާރު ހުއްދައަށް ހުށައަޅާތާ ފަސްދުވަހުގެ ތެރޭގައި މިނިސްޓްރީން ނިންމި ގޮތް ހުއްދަޔަށް އެދި ހުށައަޅާފަރާތަށް އަންގާނެ ކަމަށްވެސް ބުނެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: