ސަންގުން ދޮގެއް ނަހަދާނެ

ރިޔާސީ އިންތިހާބުގެ ހިރިޔާ ސްކޫލުގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލުން ބަންދު ކުރުމަށްފަހު، އޮފިޝަލުން ވޯޓު ގުނަން ތައްޔާރު ވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލައިވް ބްލޮގް

ލައިވް ބްލޮގް: ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓްލުން ފަށައިފި

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓްލުން ފަށައިފިއެވެ.

މިއީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓްލުން ކަމަށްވާއިރު، މިއިންތިހާބުގެ ވާދަކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒެވެ.

އިލެކްޝަން ކޮމިޝްނުންް ބުނީ މި ރިޔާސީ އިންތިހާބުގެ ވޯޓް ލުން ހަވީރު 5:00 އާއި ހަމަޔަށް ކުރިއަށްދާނެ ކަމަށެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އޮބްޒަރވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 12،083 ފަރާތަކުން ހަރަކާތްތެރިވާނެ ކަމަށް، އިލެކްޝަންސް ކޮމިޝަނުންވަނީ  ބުނެފައެވެ. އަދި މިއީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހަރަކާތްތެރިވި މީހުންނަށްވުރެ 3012 މީހުން އިތުރު އަދަދެކެވެ.

މީގެ އިތުރަށް، އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން އިންތިޚާބުގެ ދެވަނަ ބުރުގައި އޮފިޝަލުންގެ ގޮތުގައި 5429 މީހުން ހަރަކާތްތެތިވާއިރު ފުރަތަމަ ބުރުގައި ހަރަކާތްތެރިވެފައިވަނީ 4،968 އޮފިޝަލުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ، ވޯޓުލާ ސަރަހައްދުތަކަށް ފޮނުވުމަށް ހަމަޖެހިފައިވާ އޮފިޝަލުން މިހާރު އެރަށްރަށަށް ފޮނުވާފައިވާ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 282،804 ފަރާތަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. އަދި ޖުމްލަ 586 ވޯޓު ފޮށި ބެހެއްޓުމަށްވަނީ ނިންމާފައެވެ.

އީސީން ބުނީ 586 ވޯޓް ފޮށި ބެހެެއްޓިވައިވާ ކަމަށާއި، ނަމަވެސް އެއްވެސް ވޯޓް ފޮއްޓެއް ވޯޓްލުން ލަސްވެ ނުފެށިފައިވާ ކަމަށް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަދި 80 އިންސައްތައަށްވުރެ ވޯޓްލާ މަރުކަޒުގައި ވޯޓްލުން ކުރިއަށްދާން ފެށިފައި ކަމަށްވެސް ބުނެފައިވެއެވެ.

    ވަރަށް ގަދަ
    0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
    ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

    ހިޔާލު ދެއްވާ!

    Your email address will not be published. Required fields are marked *