ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މީހުން އެކި ކޮޅު ކޮޅަށް ބަދަލްވަމުންދާތީ އިންތިޚާބު ކާމިޔާބު ވާނެ ޕަސެންޓޭޖް ދަންނަވާކަށް ނޭންގޭ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މީހުން ބަދަލްވަމުންދާތީ އިންތިޚާބުގެ ޕަސެންޓޭޖް ދަށްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ވޯޓް ލުމަށްފަހު ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނަށް އޮތް ތާއިދު ބޮޑުވާނެކަަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މި އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވޯޓްލީ ނިސްބަތް ދަށްވުންކަމަށްވާއިރު ދެވަނަ ބުރުގައި ވޯޓްލާނެ މީހުންގެ ނިސްބަތް އިތުރުވާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ކަނޑައެޅިގެން އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ޕަސެންޓޭޖެއް ދަންނަވަން ނޭންގޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިޔާސީ ބޭފުޅުންގެ ވިސްނުން ބަދަލުވަމުންދާކަން ފާހަގަކޮށް ސީދާ އިންތިޚާބުގެ ދެވަނަ ބުރުގައި ލިބޭނެ ނަތީޖާ ދަންނަވަން ނޭންގޭކަމަށްވެސް ވިދާޅުވިއެވެ.

”އަޅުގަނޑަށް ޕަސެންޓޭޖް މިވެނި ވަރެކޭ ބުނަން މިވަގުތު ދަތި. އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ސިޔާސީ ބޭފުޅުންގެ ވިސްނުން ބަދަލުވަމުންދާތަން އެބަ ފެނޭ. މިކޮޅަށްވެސް އެބަ އަރާ ޕީޕީއެމްއަށް ބަދަލުވާ ބަޔަކުވެސް އެބަ ފެނޭ. އެހެންވީމަ ނަތީޖާއަކީ ވަކި ޕަސެންޓެކޭ ދަންނަވަން ނޭންގުން ނަމަވެސް އަޅުގަނޑަށް ޔަގީންކަން އެބަ އޮތް އިންތިޚާބު ކާމިޔާބު ވާނެކަން. ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފެތުރެމުންދާތަން އެބަ ފެނޭ. ތަފާތު ތުުހުމަތުތައް އަޅުގަނޑުމެންނާއި ދޭތެރޭ ކުރެވެމުން އެބަދޭ އެކަމަކު އަޅުގަނޑު ޔަޤީންކޮށް އަރުވަނީ އެމްޑީޕީގެ ފަރާތުން އެކަހަލަ އެއްވެސް ކަމެއް މިހާތަނަށް އެއްވެސް އިންތިޚާބެއްގަ ހިނގާފައެއް ނޯންނާނެކަމަށް މި އިންތިޚާބުގައިވެސް އަޅުގަނޑުމެން ޤާނޫނާއި ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އެބައިން.“ ރައީސް ޞާލިހް ވިދާޅުވިއެވެ.

88% މީހުން ވޯޓްލުމަށް ނިކުންނާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ ފަރާތުން ވޯޓް ލާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: