ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަރީޝް އިމްރާނަށް ބިރުދައްކައި، އިންޒާރު ދިންކަމަށް އަދާލަތު ޕާޓީން ތުހުމަތުކޮށްފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ބިރުދެއްކިކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

2023ގެ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ދެވެނަ ބުރު މިއަދު ކުރިއަށް ދާއިރު، ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން އެކި ހަމަނުޖެހުންތައް ވަނީ ހިނގާފަ އެވެ. އެގޮތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްއަށް ބަޔަކު ހަމަލާ ދިން މައްސަލައެއް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

އަދާލަތުން މިއަދު ބުނީ ޣިޔާސުއްދީން ސްކޫލުގެ ވޯޓުލާ މަރުކަޒުގައި އިމްރާން ހުންނަވަނިކޮށް، ނަރީޝް އެނާއާއި ޒާތީ ގޮތުން ދިމާ ކުރައްވައި އަވަގުރާނަ ގޮވާފައިވާ ކަމަށެވެ. އަދި އަޑުގަދަކޮށް އިންޒާރު ދީ ބިރުދެއްކުމަށް މަސައްކަތް ކުރިމަށެވެ. އަދި އެ އަމަލު ކުށްވެރި ކުރާކަމަށާއި ބިރު ދެއްކުމުގެ ގޮތުން އިދިކޮޅުގެ ކެންޑިޑޭޓުގެ ކެމްޕެއިން ޓީމުން ތަކުރާރުކޮށް ފެންނަ އަމަލުތަކާ މެދު ކަންބޮޑުވާކަމަށް އެ ޕާޓީން ބުންޏެވެ.

އަދާލަތުން އެކްސްގައި ކުރި ޕޯސްޓަށް ރައްދު ދީ ނަރީޝް ވިދާޅުވީ އެފަދަ ބޮޑު ތުހުމަތެއް ކުރާއިރު އޭނާ ބިރު ދެއްކި މަންޒަރު ފެންނަ އެއްވެސް ފޮޓޯއެއް ނުވަތަ އެއްވެސް ވީޑިއޯއެއް ވެސް ނެތް ކަމަށެވެ. އަދި އެތައް ރައްޔިތުންނެއް ތިބި ތަނެއްގެ ވާހަކަތައް، އެއްވެސް އަސްލެއް ނެތް ގޮތަށް ދައްކަމުން ދިއުމަކީ މި އިންތިހާބުން ރައީސް ސޯލިހު ބަލިވިކަން އެނގޭ ސަބަބެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: