ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވަން ރައީސް އޮފީހަށް ވަޑައިގެންފި އެވެ. މި ބައްދަލުވުމާ ގުޅޭ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ދެބޭފުޅުން ބައްދަލުކުރައްވަމުންދާއިރު، ވ. އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދި ދެންމެއަކު ވަނީ މާލެ ގެނެސްފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީން ގެއަށް ބަދަލުކުރައްވަނީ ވަގުތީ ގޮތުންނެވެ.

