ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. މުއިއްޒުގެ ފުރަތަަމަ ވައުދު ފުއްދަވައިފި: ޢައްސާން މައުމޫން

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަަމަ ވައުދު ފުއްދަވައިފި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޢައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އައްސާން އެކްސްގައި ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެވިއްޖެ ކަމަށާއި، ދެން އޮތީ މިނިވަން ކުރުން ކަމަށެވެ. 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހިވަޑައިގެން ރައީސް ޔާމިނަށް މި ރިޔާސީ އިންތިހާބުގައިވަނީ ބައިވެރިވަޑައިގެންނެވޭ ގޮތް ނުވެފައެވެ.

ޑރ. މުއިއްޒުގެ ފުރަތަމަ ވައުދަކަށްވީ ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ ފުރަތަަމަވެސް ރައީސް ޔާމީން މިނިވަން ކުރެެއްވުމެވެ. އަދި އެއީ ގާނޫނީ އިމުގެ ތެރޭން ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާފައިވާއިރު، އެމަނިކުފާނުގެ ސަޕޯޓަރުންވަނީ މަރުހަބާ ދެންނެވުމަށް ގެ ކޮޅު ސަރަހައްދަށް އެއްވެފައެވެ. އަަދި އުފާ ފާޅު ކޮށްފައެވެ. މިއީ ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަަމަށް އެބޭފުޅުންވަނީ ފާގަގަ ކޮށްފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުންވެސް ވަނީ މިއަދު ނޫސްވެރިންނާއި ބައްދަލު ކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ގާނޫނީ ޓީމުގައި ހިމެނިވަޑަިގަންނަވާ ޑރ. ޖަމީލް ވިދާޅުވީ ވ. އާރަށް މައްސަލަގައި ރައީސް ޔާމީން ޖަލަށް ގެންގޮސްފައިވަނީ އެއްވެސް އަސާސެއްނެތް ގޮތެއްގައި ކަމަށެވެ. އެއީ ސީދާ ސަރުކާރު އަޑީގައި އޮންނަވައިގެން ކުރެއްވި ކަމެއް ކަމަށެވެ. ނަމަވެސް މިއަދު އެބޭފުޅާ އަކީ މައުސޫމް ބޭފުޅެއްކަން ސާބިތު ވެއްޖެ ކަމަށްވެސް ވެސް ޖަމީލު ވަނީ ވިދާލުވެފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: