ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައިސް ސޯލިހު ކުރެއްވި ކެމްޕޭނާއި، ދެއްކެވި ރީތި މިސާލަށް މަރުހަބާ :ރައީސް ނަޝިދު

ރައީސް ސާލިހާއި ބައްދަލުކުރުމަށް ރައީސް ނަޝީދު ރައީސް އޮފީހަށް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހބުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ކެމްޕޭނާއި، ދެއްކެވި ރީތި މިސާލަށް މަރުހަބާ ކިޔާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

ރައިސް ނަޝިދު މިހެން ވިދާޅުވީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުަގައި އަށް ކެންޑިޑޭޓަކު ވާދަކުރައްވާފައި ވެއެވެ. ރައީސް ސޯލިހުވެސް އިންތިހާބުގައި ވާދަކުރައްވާ، ވަނީ މުޅިރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ވަޑައިގެން ކެމްޕޭން ކުރައްވާފައެެވެ.

އެގޮތުން ފުރަތަމަ ބުރުގައި ބައިވެރިވެރިވެ ނަތިޖާ ދަށްވި ނަމަވެސް ދެވަނަބުރުގައިވެސް އެމަނިކުފާނުވަނީ ފުރިހަމަ ކެމްޕެއިނެއް ކުރައްވާފައެވެ.

މިކަމާއިގުޅިގެން ރައީސް ނަޝިދު ވިދާޅުވެފައިވަނީ އެމްޑީޕީއަށް ލިބިލެއްވާ ނަތީޖާއަށް ފާޑުކިޔާ އެމްޑީޕީ މީހުންނާއި ދިމާނުކުރުމަށް އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު މިގޮތަށް އެދިވަޑައިގެންފައިވަނީ ވަަޓްސް އަޕް ގުރޫޕަކަށް ފޮނުވި މެސެޖެއްގައެވެ. އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތުމަށް،ވެސް ނަޝީދު މިއަދު ވަނީ އެޕާޓީގެ ޗެއާޕާސަން އަށް މެސެޖެއް ފޮނުވާފައެވެ.

އެމެސެޖުގައިވަނީ އެމްޑީޕީގެ ގައުމީ މަޖުލީހުގެ 50 އިންސައްތަ ތާއިދު ލިބިވަޑައިގެންފިނަމަ އެޕާޓީ އާއި ގުޅުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: