އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ދެބައިވެ އުފެދުނު މައްސަލައިގެ ތެރެއިން، އުފެއްދި ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ ހަސަން ވިދާޅުވީ އަލަށް އުފެދޭ ޑރ. މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށެވެ.
މިއަދު އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ، ގައުމީ މަޖިލީހުގެ މެމްބަރުން އިއްތިފާގުވެ ރުހޭނަމަ އެމަނިކުފާނު އަލުން ޕާޓީއާއި ގުޅުމަށް ތައްޔާރުކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު އެމްޑީޕީގެ މެމްބަރުން ދަނީ ރައީސް ނަޝީދާއި އެކު މަސައްކަތް ކުރުމަށް ދެން އެއްވެސް ޝައުގެއް ނެތްކަމަށާއި، ޕާޓީއަށް ލިބުނު ނާކާމިޔާބީގެ ޒިންމާ ނަގަން ޖެހޭނެ ބޭފުޅަކީ އެއީކަމަށް ބުނެފަ އެވެ.
Dhen ufedhey Dr. @MMuizzu ge Sarukarugai @TheDemocratsMV baiverivaane eve.
— Hassan Latheef🎈 (@HassanLatheef) October 1, 2023

