ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުތް ވެސްޓް ހާބަރ ތަރައްގީކުރުމުގެ މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސައުތް ވެސްޓް ހާބަރ ތަރައްގީކުރުމުގެ މަޝްރޫއު ޖީޕީއެލް ހޯލްޑިންގްސް ޕަރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ޑިންގީ ހާރބަރ، ކޮމާޝަލް ޑެވެލޮޕްމެންޓް އަދި ވެހިކިއުލަރ ހާބަރ ތަރައްގީކުރެވިގެންދާނެއެވެ. މިވަގުތު މާލެ ސަރަހައްދުގައި ގާއިމްކުރެވިފައިވަނީ އެންމެ ޖެޓީ ހަބަރ އަކަށްވެފައި މި ހަބަރއަކީ އެކަށޭނެ ބޮޑުމިނެއްގެ ހަބަރއަކަށްނުވުމުން، މި މަޝްރޫއު މެދުވެރިކޮށް ޑިންގީ ގެންގުޅުއްވާ ފަރާތްތަކަށް ދިމާވާ ދަތިތަށް ހަައްލު ކުރުމަށްޓަކައި ގާއިމްކުރާ ހާބަރއެކެވެ. ހަމަ އެހެންމެ ހުޅުމާލެގައި މިވަގުތު ކަމް ކާގޯ ވެސެލްއަށް ހާއްސަކޮށްގެން ހާބަރ އެއް ނެތުމުން، ދިމާވާ ދަތިތަކަށް ވެހިކިއުލަރ ހާބަރ ތަރައްގިކުރުމުން ހައްލު ލިބިގެންދާނެއެވެ.

މީގެ އިތުރުން މި ސަރަހައްދުގައި ޕާރކިންގް ޒޯންއެއް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން މާލެ ސަރަހައްދުގައި އުޅަނދު ޕާރކް ކުރުމަށް ދިމާވެފައިވާ ގޮންޖެހުމަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބިގެންދާނެއެވެ. އެގޮތުން ކާރު، ސައިކަލް ގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޕާރކިންގ ސްޕޭސް ގާއިމްކުރެވޭނެއެވެ. ހަމަ މިއާއެކު ކޮމާޝަލް ޑެވެލްޕްމެންޓަށް ތަފާތު ސްޕޭސެސްތައް ތަރައްގީ ކުރުމަށްވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 86%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: