ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައިގަނޑު މައްސަލައަކީ ފެންވަރު ރަނގަޅު ދަރިވަރުން މުދައްރިސްކަން ޚިޔާރު ނުކުރުން: މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިލެކްޓްރީޝަން ކޯސް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަދައްކަވަނީ-- ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނެސްކޯއިން ފާހަގަކުރާ ގޮތުގައި، ދިވެހިރާއްޖެ ހިމެނޭ ފަދައިން، ހުރިހާ ޤައުމަކަށް ދިމާވެފައިވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ފެންވަރު ރަނގަޅު ދަރިވަރުން މުދައްރިސްކަން ޚިޔާރު ނުކުރުން ހިމެނޭކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މުދަރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ތައުލީމާއި ތަރުބިއްޔަތު، ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ކޮންމެހެންވެސް މުދައްރިސުން ބޭނުންވާކަމަށެވެ. ރަނގަޅު މުދައްރިސުން ލިބުމުގެ ދަތިކަމަކީ ހުރިހާ ގައުމަކަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށާއި، މިކަން އިދިކޮޅަށް ޖަހައި ރަނގަޅު މުދައްރިސުން ގިނަކުރުމަކީ ހުރިހާ ގައުމަކުން އިސްކަންދީ، ހަރަކާތްތެރިވާންޖެހޭ މަޖުބޫރީ ހާލަތެއްކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ މުދައްރިސުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރުން، ތަރައްގީވެފައިވާ ގައުމުތަކަށާއި، ތަރައްގީވަމުން އަންނަ ގައުމުތަކަށްވެސް މި މައްސަލަ ކުރިމަތިވެފައިވާކަން އަންގައިދޭކަމަށެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރަކީ “އެދޭ ތައުލީމު ދިނުމަށް ބޭނުންވާ މުދައްރިސުން ލިބުމުގެ ދަތިކަން ހައްލުކުރުން: އާލަމީ ޒަރޫރަތެއް” މިއެވެ.

މިނިސްޓަރު ވިދާޅުވީ ޔުނެސްކޯއިން ފާހަގަކުރާ ގޮތުގައި، ދިވެހިރާއްޖެ ހިމެނޭ ފަދައިން، ހުރިހާ ޤައުމަކަށް ދިމާވެފައިވާ މައިގަނޑު ދެ މައްސަލައަކީ، ފެންވަރު ރަނގަޅު ދަރިވަރުން މުދައްރިސްކަން ޚިޔާރު ނުކުރާކަންކަމަށެވެ. މުދައްރިސުން މަސައްކަތް ކުރަންޖެހޭ މާޙައުލުގެ ސަބަބުން، މިދާއިރާއަށް އޮތް ޒަމާންވީ ޝައުޤުވެރިކަންދަނީ ނެތެމުން. ދެވަނައަށް، ޔުނެސްކޯއިން ފާހަގަ ކުރާ މައްސަލައަކީ، ފިރިހެނުން މި ދާއިރާގައި މަސައްކަތް ކުރާލެއް މަދުކަންކަމަށެވެ.

މިއަދު އަޅުގަނޑުމެން ކުރިމަތިލާފައި މިވަނީ 21 ވަނަ ގަރުނުގެ އުފެއްދުންތެރި ވިސްނުމާ. އިއްޔެ އަޅުގަނޑުމެން އުގަންނައިދިން ގޮތަށް މިއަދު އުގަންނައިދީގެން ފަރުޖައްސާލެވޭކަށް ނެތް. ކުރިއަރާފައިވާ ޤައުމުތަކުގެ ތަޢުލީމީ ނިޒާމުގައި ފަހިކޮށްދެވޭފަދަ ފަހި ފުރުޞަތުތަކާއެކު، އަޅުގަނޑުމެންގެ މަންހަޖުގައި ބުނާފަދަ ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއް ތަމްރީންކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި ފަންނީ ހުނަރުތަކުގެ ތެރެއަށް ދަރިވަރުންގެ ލޯތައް ހުޅުވާލަދޭން ޖެހޭ.

މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލައިލިއަސް، އަންހެން މުދައްރިސުންގެ ނިސްބަތަކީ، 75 އިންސަތަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކޮންމެ ހަތަރު މުދައްރިސުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުންކަމަށާއި، ރާއްޖޭގައި ޚިދުމަތް ކުރާ މުދައްރިސުންގެ ތެރެއިން 22 އިންސައްތަ އަކީ ބިދޭސީންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މުދައްރިސްކަމަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް، ޔުނެސްކޯއިން 7 ފިޔަވަޅެއް ހުށަހަޅާފައިވާކަމަށް ފާހަގަކޮށް މިނިސްޓަރު ވަނީ އޭގެ ތަފްސީލުވެސް ހިއްސާ ކުރައްވާފައެވެ.

މީގެ ތެރެއިން:

  1. އެއްކަމަކީ، ފަށައިގަންނަ މުދައްރިސުންގެ ތަޢުލީމަށް ދެވޭ ސަމާލުކަން އިތުރުކުރުން.
  2. ކޯސްތަކުގެ ފީގެ އިތުރަށް، ކިޔަވާ މުއްދަތުގައި ދަސްކުރާ މުދައްރިސުންނަށް އެލަވަންސް އެއް ދިނުން.
  3. ޔުނެސްކޯއިން ދެން ފާހަގަކުރާ އަނެއް ކަމަކީ، މުދައްރިސުންގެ އުޖޫރައާއި ޢިނާޔަތްތައް.
ކުރިން ވެސް ދެންނެވި ފަދައިން ދަރިވަރުންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކީ އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދެމުންއައި އަދި މިއަދުވެސް ދެމުންގެންދާ މަސައްކަތް. ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއަށް ސްޓެމް އެޑިޔުކޭޝަން ތަޢާރަފްކުރުމާއި ވޮކޭޝަނަލް ސެންޓަރުތައް ތަޢާރަފުކުރުމުގެ ބޭނުމަކީ މިއީ. މިހާރު ކުރިއަށް ގެންދާ ލިޓްރަސީ، ނިއުމަރަސީ ޕްރޮގްރާމް [ލޭމްޕް] ގެ އަމާޒަކީ ވެސް ހަމަ މިއީ. އަޅުގަނޑުމެން ބޭނުންވަނީ ކޮންމެ ދަރިވަރަކީ ވެސް ހަޤީގީ މާނައިގައި ލިޔަންކިޔަން ދަންނަ، ހަޤީގީ މާނައިގައި ދިރިއުޅުމަށް ތައްޔާރުވެގެން، ޤައުމަށް ޚިދުމަތްކުރަން ނުކުންނަ ދަރިއަކަށް ހެދުން.

މިނިސްޓަރު ވިދާޅުވިއެވެ.

މުދައްރިސަކަށް ވާން ކިޔަވަން ޖެހޭ މުއްދަތާއި މަސައްކަތް ކުރާ ގަޑިއާ އަޅާ ބަލާއިރު، އެހެން ދާއިރާތަކާ އެއްފަދަ އެއްޗަކަށް މި އިނާޔަތް ވާންޖެހޭކަމަށް ވިދާޅުވެ މިނިސްޓަރު ފާހަގަކުރެއްވީ ދާދިފަހުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމަކުން، މުދައްރިސުންގެ މުސާރަތަކަށްވަނީ، ދިވެހި ތާރީޚް ދެކެފައިނުވާ ފަދަ، ބޮޑު ކުރިއެރުމެއް ގެނެސްދެއްވާފައިވާކަމެވެ. ނިސްބަތުން ހުރިހާ މުދައްރިސުންގެ މުސާރަ  65 އިންސައްތައަށް ވުރެ މަތިކޮށްދެއްވާފައިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޔުނެސްކޯއިން ދެކޭގޮތުގައި، މުދައްރިސުން ކިޔަވައިދިނުމަށް ހުސްވާގޮތަށް، އިދާރީ މަސައްކަތްތައް މަދުކުރުމާއި، މަސައްކަތު ވަގުތު އެދެވޭ މިންވަރަކަށް ހިފެހެއްޓުމާއި، މަދަރުސާތައް ހިންގާ ފަރާތްތަކުން މުދައްރިސުންގެ މަސައްކަތަށް ވާގިވެރިވުމަކީ ވެސް މުހިންމު ކަންކަންކަމެވެ. މިކަންކަމަށް އިސްކަން ދެވިއްޖެނަމަ، ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށް ޙައްލެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: