ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދަމް ޝަރީފް ރައީސް ޔާމީނަށް: އަދިވެސް މުޒާހަރާތައް ކުރުމުގެ ހިތްވަރު އެބަހުރި

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ހައްގުގައި މަގުތައް މައްޗަށް ނިކުތުމުގެ ހިތްވަރު ހުރިކަމަށް ޕީއެންސީގެ ނައިބުރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ހައްގުގައި ވަކާލާތު ކުރުމުގައި އާންމު މެމްބަރުންނާއިއެކު ބައިވެރިވެވަޑައިނުގެންނެވި އިސް މެމްބަރުންގެ ގާތުގައި އެ ސަބަބު އެއްސެވުމަށް ރައީސް ޔާމީން އެދިވަޑައިގަތުމާއިއެކު، އާދަމް ޝަރީފްވަނީ އޭނާ މަސައްކަތްތައް ކުރެއްވިކަން ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ހުންނެވިއިރު، ޕީޕީއެމް ޕީއެންސީގެ މުޒާހަރާތައް ރޭވުމުގައި އުޅުއްވިކަމަށެވެ. އަދި ސަޕޯޓަރުން ކުރި ހުރިހާ މުޒާހަރާއެއްގައި އޭނާ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތްތަކުގެ ތެރެއިން ދެ ފަހަރެއްގެ މަތިން ފުލުހުންގެ މުއައްސަސާއިން އޭނާ ހައްޔަރުކޮށް ބަންދުކުރިކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، އޭނާ ރައީސް ޔާމީން މިނިވަންކުރުމަށް މަސައްކަތްތައް ކުރެއްވީ އަމިއްލަ އާއިލާ އާއި މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާއަށްވެސް ވަގުތު ނުދެއްވާކަމަށެވެ. އޭނާ ވިދާޅުވީ، ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވިކަމަށާއި އެކަންކަން ކުރެއްވީ ރައީސް ޔާމީން އަދި ކޮންގްރެސް ކޯލިޝަނާއި ގައުމުގެ ހައްގުގައިކަމަށެވެ. އަދި ރައީސް ޔާމީނާއި ގައުމުގެ އިތުރުން ޕާޓީގެ ހައްގުގައި ވަކާލުތުކޮށް މަގުތައް މައްޗަށް ނުކުތުމުގެ ހިތްވަރު އަދިވެސް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: