ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސް ށ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު

ރާއްޖޭގެ މޫސުން ގޯސް، ގިނަ ސަރަޙައްދުތަކަށް އެލާޓު ނެރެފި --- ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިއްސާރަވެ މުސުން ގޯސްވުމުގެ ސަބަބުން ށ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މުސުމާއި ބެހޭ ގައިމީ އިދާރާއިން ބުނީ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށްވެ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

https://twitter.com/MetMaldives/status/1710101855349641608/photo/1

އާދައިގެ ވަރަކަށް ކަނޑު ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ބުނެފައިވާއިރު، ރާޅުގެ އުސްމިން ހުރީ 3 – 6 ފޫޓާއި ދޭތެރޭގައެވެ.

އެ އިދާރާއިން އިލްތިމާސް ކުރައްވަނީ ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށެވެ. 

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުންދާއިރު، ކޮންމެ އަހަރެއްގަވެސް އޮކްޓޯމަބްރު މަހުގައި ހާއްސަކޮށް ރާއްޖެއަށް ވިއްސާރަ ކުރެއެވެ. އަދި މި މަހުގައި ވާރޭ ވެހޭ މިންވަރު، އިތުރުވާނެކަމަށް ބެލެވޭ ކަމަށްވެސް މެޓުން ވަނީ ބުނެފައިވެއެވެ. އާންމުކޮށް ވިއްސާރަ ވުމުގެ ސަބަބުން އުދައިގެން އަސަރު ކުރާ ރަށްތަކާއި، ވިއްސާރައިގެ ސަބަބުން ފެބޮޑުވާ ރަށްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލު ކަމެއް ދެއްވުމަށްވެސް އެ އިދާރާއިން ވަނީ އިމްތިމާސް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: