ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސްގެ 20 މުވައްޒަފުން ތަމްރީން ޕްރޮގްރާމެއްގައި އިންޑިއާއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގައި ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކަސްޓަމްސްގެ 20 މުވައްޒަފުން އެ ގައުމަށް ފުރަން ހަމަޖެހިއްޖެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުން ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ތަމްރީން ޕްރޮގްރާމަކީ ހަފްތާއަކަށް ދިގުދެމިގެންދާ ޕްރޮގްރާމެކެވެ.

ހައި ކޮމިޝަނުން ބުނި ގޮތުގައި މި ޓީމު ބައިވެރިވާނީ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އެންޑް ކަސްޓަމްސް (ސީބީއައިސީ) ގެ ދަށުން ކަސްޓަމްސް ތަމްރީން ކުރާ އެންމެ މަތީ މުއައްސަސާ، ބެންގަލޫރުގެ ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް އިންޑައިރެކްޓް ޓެކްސް އެންޑް ނާކޮޓިކްސް (ނާސިން) އިން “ކްރިއޭޓިން އެންޑް މެނޭޖިން ކެނައިން ސެންޓަރު” ގެ ޓްރެއިނިން-އަދި-ސްޓަޑީ ޓުއާގައި ކަމަށެވެ. އިންޑިޔާ ސަރުކާރުން ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން (ޑަބްލިއުސީއޯ)ގެ ދަށުން ހުންނަ ނާސިން ބެންގަލޫރު ހިންގަނީ ރީޖަނަލް ޓްރެއިނިން ސެންޓަރުގެ މެންޑޭޓްގެ ދަށުންނެވެ.

މި ޓުއާގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި އެންފޯސްމަންޓް އެޖެންސީތަކަށް ކެނައިން ސްކޮޑްގެ މުހިންމުކަމާއި، ޒަމާނީ ކެނައިން ސްކޮޑް އުފެއްދުމާއި، ސްކޮޑުގެ އަސާސީ ތަމްރީނާއި، ޑޯގް ހޭންޑްލަރުން ހޯދުމާއި ތަމްރީނުކުރުން ފަދަ ދާއިރާތައް ހިމެނެއެވެ. އަދި އެ ދާއިރާތަކަށް އަމާޒުކޮށްގެން ތަޖުރިބާކާރުން ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ބައިވެރިންނަށް އަމަލީ ތަޖުރިބާ ދިނުމުގެ ގޮތުން ނާސިން ބަންގަލޫރު އިން ވަނީ އަމްރިތުސަރުގެ އަޓާރީގައި ހުންނަ ސީބީއައިސީގެ ކެނައިން ފެސިލިޓީ “ކަސްޓަމްސް ކޭ9 ސެންޓަރު” ގައި ތަމްރީނުގެ ބައެއް ވެސް އިންތިޒާމްކޮށްފައެވެ.

. އޭގެތެރޭގައި ބޭސިކް ގްރޫމިންގ، ކެނެލް މެނޭޖްމަންޓް، ސްޕެޝަލައިޒްޑް ސެންޓް ޓްރެއިނިންގ، އޮބިޑެންސް ޓްރެއިނިންގ ފަދަ މައުޟޫޢުތަކަށް ބިނާކޮށް ސެޝަންތައް ތަޖުރިބާކާރުން ނަގައި ދޭނެއެވެ. މީގެ އިތުރުން މައިސޫރު އަދި އަމްރިތުސަރުގެ ތާރީހީ އަދި ސަގާފީ ސިޓީތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ.

މިދަތުރަކީ ކަސްޓަމްސްގެ ކެޕޭސިޓީ ބިލްޑިންގގައި އެއްބާރުލުން އިތުރުކުރުމުގެ މަގްސަދުގައި 2019 ވަނަ އަހަރުގެ ޖޫން މަހު ބޮޑު ވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ސީބީއައިސީ އާއި ކަސްޓަމްސްއާ އާ ދެމެދު ސޮއިކުރެވުނު “އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގ” ގެ ދަށުން ހަމަޖެހިފައިވާ ދަތުރެކެވެ.

މި އެމްއޯޔޫގެ ދަށުން 2020 ވަނަ އަހަރު މިހާތަނަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 190 އަށްވުރެ ގިނަ އޮފިސަރުން އިންޑިއާގައި ތަމްރީނުކުރެވިފައިވެއެވެ. މީގެ އިތުރުން އެމްސީއެސްގެ ގާތްގަނޑަކަށް 90 އޮފިސަރުން ވަނީ ކަސްޓަމައިޒްޑް ވާޗުއަލް ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވެފައެވެ. މީގެ އިތުރުން، އައިޓެކް އިން ޕަސަން ޓްރެއިނިން ޕްރޮގްރާމްތަކުގެ ދަށުން ގިނަ އަދަދެއްގެ ކަސްޓަމްސް އޮފިސަރުންނަަށް ފައިދާކުރެއެވެ. މި އެމްއޯޔޫގެ ދަށުން ކުރިއަށް އޮތްތަނުގައި ކެޕޭސިޓީ ބިލްޑިންގ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: