ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓުގެ އެޕާޓްމެންޓުން ވެއްޓުނު ކުއްޖާ ނިޔާވެއްޖެއެވެ.

ހިޔާ ފްލެޓުގެ އެޗް 6 ގެ 12 ވަނަ ފްލޯއިން ވެއްޓުނީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެކެވެ. ރޭ 12:00 ހާއިރު ހިންގި މި ހާދިސާގައި ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ ކުއްޖާ ވެއްޓުނީ، ހިޔާގެ އެ ޓަވަރު ކައިރީ ޕާކުކޮށްފައި އޮތް ކާރެއްގެ މައްޗަށް ކަމަށެވެ. އަދި ވަރަށް ބޮޑެތި އަނިޔާތައް ލިބުނުކަމަަށް ވެސް މަައުލޫމާތު ދިނެވެ.

ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ކުއްޖާ ނިޔާވިކަން ހޮސްޕިޓަލުން ކަށަވަރުކޮށް ދިނީ ދަންވަރު 01:00 ހާއިރު އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި ހާދިސާ ހިނގައިދިޔަ ގޮތް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: