ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒުއާ ހަވާލާ ދެއްވާ ނަޝީދު ދައްކަވާފައިވަނީ ތެދުވާހަކައެއް ނޫން: ފިރުޒުލް

ފޮޓޯ: އެލީޒް/އިންތިހާބީ ރައީސްގެ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ހަވާލާދެއްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކައަކީ ހަގީގަތާއި ހިލާފް ދޮގު ވާހަކަތަކެއް ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މާފަންނު ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ އިންޑިއާގެ ހިންދު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު، ޑރ. މުހައްމަދު މުއިއްޒުއާއި ހަވާލާދެއްވާ އިންޑިއާ ސިފައިންގެ 75 ވަރަކަށް ބޭފުޅުން ތިބުމަށް ރުހިވަޑައިގަންނަވާ ކަމަށް ދައްކާފައިވާ ވާހަކައަކީ އިންތިހާބީ ރައީސް އާއި މަޝްވަރާކުރެވިގެން ދައްކާފައިވާ ވާހަކައެއްނޫން ކަމަށެވެ.

ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސްގެ ސްޓޭންޑަކީ އިންޑިއާ ނުވަތަ އެއްވެސް ގައުމެއްގެ ސިފައިން ދިވެހިރާއްޖޭގައި ނުތިބުން ކަމަށެވެ. ދިވެހިރައްޔިތުންގެ ނިންމެވުމަށް ފުށުއަރާގޮތަށް ރައީސް ނަޝީދު ވިދާޅުވި ވާހަކާތަކާއިމެދު ހިތާމަކުރައްވާކަަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާގެ ހިންދޫ ނޫހަށް ރައީސް ނަޝީދު ދެއްވާފައިވާ އިންޓަވިއުގައި ވިދާޅުވެފައިވަނީ އިންތިހާބީ ރައީސް 75 އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބުމަށް ޖާގަ ދެއްވަފާނެ ކަމަށެވެ. އެއީ އިންޑިއާއިން ރާއްޖެއަށް ދެއްވާފައިވާ ހެލިކޮޕްޓަރު ފަދަ މިލިޓަރީ އުޅަނދުތަށް އޮޕަރޭޓް ކުރުމަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވިނަމަވެސް އެންމެ ކުރީސުރެ އިންޑިއާ އާއި ރާއްޖެއާއި އޮންނަ ގާތް ގުޅުމަށް ބަދަލުއަންނާމެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެކުލަވާލާފައިވާ ފޮރިން ޕޮލިސީ އާއި އެއްގޮތަށް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ޑރ. މުއިއްޒު ފުރަތަމަ ކެމްޕެއިން ދުވަހުން ފެށިގެންވެސް ވިދާޅުވީ އިންޑިއާ ސިފައިންނަށް ރާއްޖޭގައި ހުރުމުގެ ޖާގައެއްނެތް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ އެއްވެސް ސިފައިންނަކަށް ނުވަދެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޕީޕީއެމް/ޕީއެންސީ އިންވަނީ “އިންޑިއާ އައުޓް” ގެ ނަމުގައިވެސް ގިނަ ކެމްޕެއިން ތަކެއް ކުރައްވާފައެވެ. އަދި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް އަޑު އުފުލާ މަގުތަކުގައި މުޒާހަރާވެސް ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: