ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިއޯންޑް އެއާލައިންގެ ފުރަތަމަ މަތިންދާބޯޓު ރާއްޖެއަށް!

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްއޭސީއެލް)
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ފުރަތަމަ މަޓީ ފަންތީގެ ލެޝާ އެއާލައިން ބިއޯންޑް ގެ ފުރަތަމަ މަތިންދާބޯޓު ރާއްޖެއަށް ގެނެސްފިއެވެ.

އެއާބަސް އޭ 319 ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ އިންޑިއާގެ ހައިދްރަބާދުން ފުރައިގެން މެންދުރުގެ 12:30 ހާއިރެވެ. ބިއޯންޑްގެ 44 ސީޓު ހިމެނޭ މި ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއްގެ މަރުހަބާއެއް ކިޔާފައެވެ. ބިއޯންޑަކީ ސިމްޑީ ގްރޫފާއި އަދި ދުބާއީގެ އެރޭބިސް ކުންފުނިން އުފައްދާފައިވާ ދުނިޔޭގެ ފުރަތަމަ މަތީ ފަންތީގެ ލެޝާ އެއާލައިނެކެވެ.

ފޮޓޯ: މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްއޭސީއެލް)

މި އެއާލައިން އިން ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވާ މަންޒިލްތަކަކީ ސައުދީ އަރަބިއްޔާގެ ރިޔާދް އާއި، ސުވިޒަރލޭންޑުގެ ޒިއުރިކް އަދި ޖަރުމަނުގެ މިއުނިކް އެވެ. މި ޕްލައިޓުގައި ދަތުރުކުރުމަށް ޓިކެޓު ބުކްކުރުމުގެ ތިން ގޮތަކީ ޑެލައިޓް، ބްލިސް އަދި އޮފިއުލެންސް އެވެ. ބިއޯންޑްހެ ސީއީއޯ ޓާރޯ ޓާސްކީލާ ވިދާޅުވީ މިފެށޭ އައު އަހަރުގެ މާރިޗް މަހުގެ ފަހުކޮޅުގައާއި ހޫނު މޫސުމުގެ ކުރީކޮޅުގައި އިތުރު ތިން މަންޒިލަކަށް ދަތުރުތަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓާރޯ ވިދާޅުވީ ދެ ވަނަ ބޯޓު ގެނައުމާ އެކު، ދަތުރުތައް ފަށަން ނިންމާފައި ވަނީ ތައިލެޑްގެ ބެންކޮކްއަށާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީ އަދި އިޓަލީގެ މިލާންއަށް ކަމަށެވެ. އަދި ތިންވަނަ ބޯޓުގައި ޔޫރަފިގެ ގައުމުތަކުގެ އިތުރުން ޗައިނާގެ ޝަންހާއީ އަދި ބެއިޖިންއަށް ދަތުރުތަށް ފަށާނެ ކަމަށެވެސް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ސަރުކާރަށްށާއި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްއޭސީއެލް) އަދި ސިމްޑީ ގުރޫޕަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ބިއޯންޑްގެ ދަތުރުތަށް ނޮވެމްބަރު މަހު ފަށަން ނިންމާފައިވާއިރު، ބިއޯންޑްގެ ވެބްސައިޓު މެދުވެރިކޮށް ބުކިންގް އަށް ވަނީ މިމަހުން ފެށިގެން ހުޅުވާލާފައެވެ. މިވަގުތު ހަމައެކަނި ވެބްސައިޓް ހުޅުވާލައި ވިނަމަވެސް މޯބައިލް އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތްކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: