ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން ޣައްޒާގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮމުގެ ހަމަލާ ދެނީ!

އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ސަރަހައްދަކަށް ބޮޑެތި ގެއްލުން ލިބިފައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މެދު އިރުމަތީގެ ހަނގުރާމަވެރި ޖަމާއަތެއްކަަމަށްވާ ހަމާސް ޖަމާއަތުން ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން އިސްރާއީލުން ޣައްޒާގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮމުގެ ހަމަލާތައް ދޭން ފަށައިފިއެވެ.

އިސްރާއިލްގެ ޑިފެންސް މިނިސްޓަރު، ޣައްޒާއިން ކަރަންޓު ކަނޑާލައި، ފެނާއި ހަކަތަ އަދި ކާބޯތަކެތިވެސް ލިބޭނެ މަގުތައް ބަންދުކުރާނެކަމަށް ބުނެފައިވާއިރު، ބައިނަލްއަގުވާމީ މީޑިއާތަކުންވަަނީ އެ ގައުމުން 7 އޮކްޓޯބަރުގައި ފެށުނު ހަމަނުޖެހުމަށް ޖަވާބު ދިނުމުގެ ގޮތުން މެދު ނުކެނޑި ބޮން އަޅަމުންދާކަމަށް ރިޕޯޓުކޮށްފައެވެ.

ހިނގަމުންދާ ހަމަނުޖެހުމުގެ ތެރޭގައި ހަމާސްއަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން އިސްރާއިލުން ކުރަމުންދާ މަސައްކަތްތަކުގެ އަސަރު ސިއްހީ ހިދުމަތްތައް ދެމުންދާ ފަރާތްތަކަށްވެސް ކުރާކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި ގެއްލުން ދިނުމަށް ގަސްދުކޮށްގެން ބަލި މީހުން ގޮވައިގެން ދިޔަ އެމްބިއުލާންސް ފަދަ ތަކެއްޗަށްވެސް ހަމަލާތައް ދެމުންދާކަމަށް ބައެއް ނޫސްވެރިމް ސޯޝަލްމީޑިއާގައިވެސް ހިއްސާކުރަމުންދާކަން ފާހަގަކުރެވެއެވެ.

އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ހަމާސްއިންވަނީ ޖަވާބެއް ދީފައެވެ. އެގޮތުން 7 އޮކްޓޯބަރުގައި ފެށިގެންދިޔަ އަލް އަގްސާ ސްޓޯރމް އޮޕަރޭޝަންގެ ތެރޭގައި އެ ޖަމާއަތުގެެ މައި އަސްކަރީ ބާރު އަދި ފެނިފައިނުވާކަމަށާއި އިސްރާއީލުން މައުސޫމު ފަލަސްތީނުގެ ރައްޔިތުންނަށް އިންޒާރެއް ދިނުމެއް ނެތި ގެއްލުންތައް ދެމުންދާނަމަ، އެކަމުގެ ބަދަލުގައި އެކަށީގެންވާ ޖަވާބެއް ދީ ހައްޔަރުކޮށްފައިވާ އިސްރާއިލު ސިފައިން މަރާލާނެކަމުގެ އިންޒާރުތައް ދީފައިވެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިހާތަނަށް 700 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން މިހަމަލާތަކުގެ ތެރޭގައި ޝަހީދުވެފައިވެއެވެ. އަދި އެތައް ހާސްބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބި ޒަހަމްތަކަށް ފަރުވާލިބުމުގައި ދަތިތައް ކުރިމަތިވެފައިވެއެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އަމިއްލައަށް ސޯޝަލްމީޑިއާގައި އާންމު ކުރި ވީޑިއޯއެއްގައި އޭނާވަނީ ފަލަސްތީނުގެ ރައްޔިތުންނަށް “ޖަނަވާރުން” ގެ ގޮތުގައި ނިސްބަތްކޮށްފައެވެ. އިސްރާއީލުން ހިއްސާކުރަމުންދާ މައުލޫމާތު ބުނާގޮތުން އެ ގައުމުގެ ތިން ލައްކައަށްވުރެ ގިނަ ސިފައިން ދަނީ ހަނގުރާމައަށް ތައްޔާރުވަމުންނެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން، އިސްރާއީލުން މިހާތަނަށް 2000 އަށް ވުރެ ގިނަ ފަހަރެއްގެ މަތިން އެ ސަރަހައްދަށް ބޮމުގެ ހަމަލާ ދީފައިވެއެވެ. އެއީ އެއް ހާސް ޓަނާއި ގާތްކުރާ ބަރުދަނުގެ ބޮމެވެ. އިސްރާއީލުގެ ސިފައިން ދެމުންދާ މައުލޫމާތަށް ބަލާއިރު، މީހުން ދިރިއުޅޭ ވިއްސަށް ވުރެ ގިނަ އިމާރާތާއި ހޮސްޕިޓަލް އަދި ބެންކާއި އެހެނިހެން އާންމުން ބޭނުންކުރާ އިމާރާތްތަކަށް ގެއްލުންދީފައިވެއެވެ.

މުސްލިމު ގައުމުތަކުގެ ބައެއް ލީޑަރުންވަނީ މި ހަމަނުޖެހުން ހުއްޓުމަކަށް ގެނައުމަށް ގޮވާލާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައި ތިބިކަންވެސް ހާމަކޮށްފައިވެއެވެ. އެގޮތުން ތުރުކީގެ ރައީސް އެރުދުޣާން އަދި އީރާނުގެ ރައީސް އިބްރާހިމް ރައީސީ ވަނީ ފަލަސްތީނަށް ފުރިހަމަ އެއްބާރުލުން ދޭނަކަން އަދި ހިމާޔަތުގައި ތިބިކަމުގެ ޔަގީންކަން ދީފައެވެ. ސައުދީއަރަބިއްޔާއިންވަނީ އިސްރާއީލާއިއެކު ކުރެވެމުންދިޔަ މަޝްވަރާތައް ކުރިއަށް ނުގެންދާނެކަމަށް ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: