ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު ހުށައެޅުމަށް މުއިއްޒުއަށް ފުރުސަތު ދީފިން: ފިނޭންސް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުން ހުށަހަޅަން ނިންމާފައިވާ ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމުގެ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީއިން ދީފިއެވެ. 

މިއަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންނަމަވެސް 6-5 ބިލިއަން ރުފިޔާއާ ދެމެދުގެ މިންވަރެއް ހަރަދުތައް ހަމަޖެއްސުމަށް އިތުރަށް ބޭނުންވާތީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ފިނޭންސް މިނިސްޓްރީއިންވަނީ ނިންމާފައެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިި ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓުގެ އިތުރުން އަންނަ އަހަރަށް ލާފަކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓަށް ވެސް އިންތިހާބީ ރައީސްގެ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށައެޅުމަށް ފިނޭންސްއިން ވަނީ ފުރުސަތު ދީފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ބަޖެޓަށް ހާއްސަ ކޮމިޓީއެއް ނަގައިގެން މިހާރު އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. މިދިޔަ އަހަރު ވެސް ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް 5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ފާސްކުރަން ވަނީ ޖެހިފައެވެ. 

ފިނޭންސް މިނިސްޓްރީއިން މިމަހު 5 ގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 33.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓްގެ 77 އިންސައްތަ މިވަނީ މިހާރު ހަރަދުވެފައިއެވެ. އެެހެންކަމުން ބަޖެޓްގައި ބާކީ އޮތީ 9.6 ބިލިއަން ރުފިޔާއެވެ. 

ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، މިނިސްޓަރު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 2 މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. ބަޖެޓު ދިރާސާކޮށް ބަހުސްކުރުމަށް ފަހު، ބަޖެޓު ފާސް ކުރެވޭނީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. އެހެންކަމުން އެމްޑީޕީން ވަނީ ބަޖެޓު ފާސްކުރުމުގައި އާ ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަށައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: