ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށިން ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރު ކޮށްފި

ތިލަފުށިން ބަގުރަލާއެކު ބިދޭސީއއަކު ހައްޔަރު ކުރުން:ފޮޓޯ/ފުލހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގައި ބިދޭސީން ބަނގުރާ ގެންގުޅެ، ވިއްކާކަމަށް ތިލަފުށި ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެތަނުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ތިލަފުށި ޕޮލިހުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތައް ބަލައިފާސްކުރި އިރު ތިންފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 107 ފުޅި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: