ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ދަށުން އަތޮޅުތެރޭ ދުއްވާ ބަހުން ކޭޝް ކާޑުން ރުފިޔާ ދެއްކޭނެގޮތް ހަމަޖައްސައިފިއެވެ.
އަތޮޅުތެރޭގައި އާރުޓީއެލް ބަހުގައި ދަތުރުކުރައްވާ ކަސްޓަމަރުންނަށް ކޭޝްކާޑުން ރުފިޔާ ދެއްކޭނެ އިންތިޒާމެއް ކަނޑައަޅާފައިވަނީ މިއަދުން ފެށިގެންނެވެ. ބަހުގެ ހިދުމަތް މާލޭ ސަރަހައްދުގައި ބޭނުންކުރާ ކަސްްޓަމަރުންނަށް ލިބޭނެ ގޮތް ހަމަޖައްސާފައިވަނީ މިއަރު ޖެނުއެރީ މަސްތެރޭގައެވެ.
މިއަދު މި ހިދުމަތްދޭން ފަށާފައިވަނީ އައްޑޫ ސިޓީ އަށާއި، ފުވައްމަލަކު ސިޓީ، އަދި ކުޅުދުއްފުށި ސިޓީގެ އިތުރުން ހއ. ދިއްދު އާއި، ލ. ގަން ލ. ފޮނަދޫ އަދި ލ. އިސްދޫއާއި ކަލައިދޫ ގައެވެ.
މާލޭގައި ދުއްވާ ބަސްތަކަށް ކާޑް ބޭނުން ކުރެވޭގޮތް ހައްދަވާއިދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އޭރު ވިދާޅުވީ، އަވަސް މުސްތަގުބަލެއްގައި އެހެނިހެން އަތޮޅުތަކުގައި އާރްޓީއެލްގެ ބަހުގެ ހިދުމަތުގެ ކޮންޓެކްޓްލެސްއިން ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެއްސައިދޭނެ ކަމަަށެވެ.
އެމްޓިސީސީން ބުނީ ހަމައެކަނި ބަހަށް ފައިސާ ދެއްކުމުގައި ފައިސާ ބަލައިގަނެވޭނީ އީީ.އެމް.ވީ ކާޑު އެކަނިކަމަށެވެ.
އާރު.ޓ.ީއެލްގެ ދަށުން އަތޮޅުތެރޭގައި ދެމުންގެންދާ ޢާއްމު ބަހުގެ ޚިދުމަތުގައި ”ފިކްސްޑް ފެއަރ“ ރޫޓާއި ”ޑިސްޓެންސް ފެއަރ“ ރޫޓު ހިމެނެއެވެ. އެގޮތުނ،ް ”ފިކްސްޑް ފެއަރ“ ރޫޓުގައި މުޅި ރޫޓަށް ކަނޑައަޅާފައިވާނީ އެއް އަގެއް ކަމަށާއި، އެ
ރޫޓުން ދަތުރު ކުރައްވާއިރު ކަސްޓަމަރުން ޓިކެޓް ވެލިޑޭޓަރުގައި ޓެޕް ކުރައްވަން ޖެހިވަޑައިގަންނަވާނީ ބަހަށް އަރާ ވަގުތު އެކަނި ކަމަށްވެސް އެމްޓިސީސީން ބުނެއެވެ.
އިތުރަށް އެމްޓިސީސީން ބުނީ ”ޑިސްޓެންސް ފެއަރ“ ރޫޓުގައި އަގު ކަނޑައަޅާފައިވާނީ އެ ރޫޓުގައި ދަތުރުކުރާ
ދުރުމިނަށް ބިނާކޮށް ކަމަށާއި، އެ ރޫޓްގައި ދަތުރު ކުރައްވާނަމަ ރޫޓުގައި ދަތުރުކުރައްވާ ކަސްޓަމަރުން ބަހަށް އަރާވަޑައިގަންނަވާއިރު ”ޓެޕް އިން“ ކުރައްވާ ފަދައިން ބަހުން ފައިބާވަޑައިގަންނަވާއިރު ”ޓެޕް އައުޓްވެސް“ ކުރައްވަން ވާނެ ކަމަށެވެ.
”ޑިސްޓެންސް ފެއަރ“ ރޫޓެއްގައި ދަތުރު ކުރައްވާއިރު ”ޓެޕް އައުޓް“ ކުރައްވަން ހަނދުމަފުޅު ނެތިއްޖެނަމަ އެ ރޫޓަށް ކަނޑައަޅާފައިވާ ޖުމްލަ އަގު
ކެނޑޭނެކަަމަށްވެސް އެކުންފުނިން ބުނެއެވެ.

