ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގެ އެތެރޭގެ މަގާމުތަކަށް ހުޅުވާލައިފި؛ އިންތިހާބު ޑިސެމްބަރު މަހު!

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ޕާޓީގެ ރައީސްގެ މަގާމާއި، އަދި އެތެރޭގެ އެހެން މަގާމުތަކަސް ކުރިމަތިލުމަށް ޑިމޮކްރެޓްސްއިން ހުޅުވާލާފައި ވަނީ އިއްޔެ އެވެ. ރާއްޖޭގައި މިވަގުތު އޮތް އެންމެ ހަގު ޕާޓީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ދޫކުރައްވައި، އުފެއްދެވި ޕާޓީއެކެވެ.

ރިޔާސީ އިންތިހާބާއި ގާތްވެފައި ވަނިކޮށް، އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަތަކުން ޕާޓީ ދޫކުރުމަށް ފަހު ރައީސް ނަޝީދު ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ވެސް ނެރުއްވި އެވެ. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް އިންތިހާބުގައި ލިބިފައި ވަނީ 15،000 ވޯޓާއި އެކު ހަތް އިންސައްތަ އެވެ.

ޕާޓީތައް ރެޖިސްޓްރީ ކުރުމުގެ ހުއްދަ ދޭތާ ވަކި މުއްދަތެއްގެ ތެރޭގައި، މަގާމުތަކަށް މެމްބަރުން އައްޔަނު ކުރަންޖެހޭއިރު ކުރިޔަށް އޮތް މާލޭގެ މޭޔަރުކަމުގެ އިންތިހާބާއި، މަޖިލިސް އިންތިހާބުގައި އެ ޕާޓީ ވާދަކުރާނެ އެވެ.

ޑިމޮކްރެޓްސްއިން ބުނީ ކުރިޔަށް މުހިންމު ބޮޑު ދެ އިންތިހާބު އޮތުމާއި އެކު ވިސްނުން ހުރީ އޭގެ ކުރިޔަށް އެތެރޭގެ އިންތިހާބުތައް ބޭއްވުން ކަމަށެވެ. އެއަށް ފަހު މަޖިލީސް އިންތިހާބުގެ ޕްރައިމެރީ ބައްވާނެކަމަށް ވަނީ ބުނެފަ އެވެ.

އިއުލާނުގައިވާ ގޮތުން އެތެރޭގެ މަގާމުތަކަށް ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ގެ ނިޔަލަށް އޮންނާނެ އެވެ. އަދި އިންތިހާބު ބާއްވާނީ ޑިސެމްބަރު 02 ގަ އެވެ. އެއީ ކެމްޕެއިނަށް ދޭ ދެ ހަފްތާގެ ފުރުސަތަށް ފަހު އެވެ.

ޑިމޮކްރެޓްސްއިން ބުނީ އެތެރޭގެ އިންތިހާބުގައި ވޯޓު ދެވޭނީ ނޮވެމްބަރު 20 ގެ ކުރިން ޕާޓީއަށް ސޮއި ކުރާ މެމްބަރުންނަށް ކަމަށެވެ. އެ މައުލޫމާތުތައް ދެއްވަމުން ޑިމޮކްރެޓްސްގެ އިންޓަރިމް ޑެޕިއުޓީ ޗެއާޕާސަން މުހައްމަދު ބަޝީރު ވިދާޅުވީ އޮންލައިންކޮށް ވެސް ފޯމުތައް ހުށަހެޅޭނެ ކަމަށެވެ.

ޑިމޮކްރެޓްސްއިން ހުޅުވާލާފައޮ ވަނީ ޕާޓީއަށް ރައީސަކު ހޮވުމަށާއި، ތިން ނައިބު ރައީސުން އާންމު، އަންހެން އަދި ޔޫތް ވިންގެ އިތުރުން ވިމެން ޑިމޮކްރެޓްސް ލީޑަރާއި، ޔަންގް ޑިމޮކްރެޓްސް ލީޑަރު ހޮވުމަށެވެ.

މީގެއިތުރުން ޕާޓީގެ އަތޮޅު ރައީސާއި، އަތޮޅު ނައިބު އަދި އަތޮޅު ވިމެން ޑިމޮކްރެޓް ލީޑަރު އަދި އަތޮޅު ޔަންގް ލީޑަރު ވެސް ހޮވުމަށް އިއުލާނުގައި ވެއެވެ. އެއާއި އެކު ސިޓިތަކުގެ ދަރަޖަ ދީފައިވާ ރަށްތަކުގައި ވެސް މި މަގާމުތައް ހޮވާނެ އެވެ.

އިތުރު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ދާއިރާ ރައީސުން ހޮވުމާއި، ސިޓީ ދާއިރާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: