ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލޯޓިންގް ސިޓީ މަޝްރޫއު އޮޑިޓުކުރުމަށް ކަނޑައަޅައިފި!

ފްލޯޓިންގް ސިޓީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް ފްލޯޓިންގް ސިޓީ މަޝްރޫއު އޮޑިޓުކުރުމަށް ނިންމާފައިވާކަން އޮޑިޓު އޮފީހުން ހާމަކޮށްފިއެވެ.

މަޖިލީހުގެ މާލިއްޔާތުގެ ކޮމިޓީގެ ބައްދަލުވުމެއްގައި އޮޑިޓް އޮފީހުންވަނީ 2024 ވަނަ އަހަރުގެ ތެރޭގައި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކާއި ހާއްސަ އޮޑިޓުތަކާއި ގުޅޭ މައުލޫމާތު މެމްބަރުންނާއި ހިއްސާކޮށްފައެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން ސްޕެޝަލް އޮޑިޓުތައް ކުރެވިގެންދާނީ އެއިރެއްގައި ހުންނަ އެންމެ ބޮޑެތި ރިސްކުތައް ފާހަގަކުރުމުންކަމަށާއި އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުންވެސް ލިބޭކަމަށެވެ.

އޮޑިޓުން ބުނެފައިވާގޮތުން، އެކި އެކި މުއައްސަސާތަކުގެ ތެރޭގައިހުރި ރިސްކުތައް ދެނެގަތުމަށް އެ މުއައްަސަސާއިން ޕްރޯއެކްޓިވްލީ މަސައްކަތްކުރާނެކަމަށާއި މީޑިއާތަކުގައި ޝާއިއުކުރެވޭ މައްސަލަތަކަށްވެސް ސަމާލުކަންދޭކަމަށް ހިއްސާކުރިއެވެ. އަދި ހާއްސަ އޮޑިޓެއްގެ ގޮތުގައި އެ މައްސަލައެއް ނުވަތަ ކަމެއްގައި މަސައްކަތްތައް ކުރެވިދާނެތޯ ދެނެގަންނަކަމަށް މައުލޫމާތު ދީފައިވެއެވެ.

އޮޑިޓުން ބުނެފައިވާގޮތުން ސްޕެޝަލް އޮޑިޓެއް ކުރިއަށް ގެންދާއިރު ރިއާޔަތްކުރަނީ މައިގަނޑު ތިން ދާއިރާއަކަށް ކަމަށެވެ. އެގޮތުން ބަލާނީ ސަސްޕެކްޓެޑް ފްރޯޑް އެންޑް އެލެޖޭޝަންސްއާއި ޕްރޮކިއަމެންޓު އޮޑިޓުގެ މަސައްކަތްތަކާއި ޑެމޭޖު އެސެސްމެންޓު މަސައްކަތްތައްކަމަށް ފާހަގަކުރިއެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން 2024 ވަނަ އަަހަރުގެ ތެރޭގައި މޯލްޑިވްސް ފްލޯޓިންގް ސިޓީ މަޝްރޫއުއާއި އެސްޓީއޯ އެފްއެސްއެމްއިން ތެލުގެ ސްޓޮކް ބަލަހައްޓާގޮތުގެ އޮޑިޓެއް ކުރުމަށް ނިންމާފައިވެއެވެ. އަދި އެސްއެމްއީ ބެންކާއި މޯލްޑިވްސް ޝިޕިންގެ ޕްރޮކިއަމެންޓު އެންޑް ފްރޮޖެކްޓް އިމްޕްލިމެންޓޭޝަންގެ އިތުރުން ރީޖަނަލް އެއަރޕޯޓުގެ އޮޑިޓު މަސައްކަތްތައްވެސް ކުރުމަށް ކަނޑައެޅިފައިވާކަމަށެވެ.

މީގެ އިތުރުން އޮޑިޓުންވަނީ އެ މުއައްސަސާއިން ޖުމުލަކޮށް ކުރާ މަސައްކަތްތަކުގެ ހިސާބުތަކެއް ހިއްސާކޮށްފައެވެ. އެގޮތުން ފައިނޭންޝަލް އެންޑް ކޮމްޕްލައިއެންސް އޮޑިޓުގެ ޖުމުލަ 294 އޮޑިޓާއި އޮޑިޓު ރިވިއުގެ ގޮތުގައި 39 އާއި ފަސް ސްޕެޝަލް އޮޑިޓުގެ އިތުރުން ހަތަރު ޕާފޯމެންސް އޮޑިޓާއި އިންފޮރމޭޝަން ސިސްޓަމްސް އޮޑިޓުގެ ހަތަރު އޮޑިޓެއް 2018 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: