ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ހަމަމަގަށް އެޅުވުމަށް ފެށާ މަސައްކަތަށް އެންމެންގެ އެއްބާރުލުން މުހިންމު: ޑރ. މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު 17 ގައި ފެށޭ ޕީޕީއެމް/ޕީއެންސީގެ ވެރިކަމުގެ ދުވަސްތަކުގައި އޮތް ހައްސާސް ދުވަސްތަކުން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގެ ކެމްޕެއިންޓީމާއި، އިންތިހާބީ ރައީސް ރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ގައުމު ހަމަމަގަށް އެޅުވޭނީ އެންމެންގެ އެެއްބާރުލުން ލިބިގެން ކަމަށެވެ. އަދި އެކުވެރިކަމާއިއެކު ގުޅުން ދެމެހެއްްޓިގެން ކަމަށާއި އެހެންކަމުން މުހިންމީ ގައުމު ސަލާމަތް ކުރުން ކަމަށާއި މި ކަމުގައި އެންމެންހާ ރައްޔިތުން އަތުކުރިި އޮޅާލުމަށް ގޮވާލާ ކަމަށް ވެސް ވިދާޅުވިއެވެ.

“ކުރިއަށް މި އޮތީ ވަރަށް މުހިންމު ހައްސާސް ދުވަސްތަކެއް. އަޅުގަނޑުމެންގެ ގައުމު ހަމަމަގަށް އެޅުވުމުގަ މި ފެށޭ މަސައްކަތުގަ އަޅުގަނޑުމެން އެންމެން އެކަތިގަނޑެއްގެ ގޮތުގަ އެކުވެރިކަމާއި އެކު ކުރިއަށްދާން ޖެހޭ.” ޑރ. މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ވިދާޅުވީ އެކުވެރި ކަމަަކީ ގަދަފަދަ ބާރެއް ކަމަށެވެ. ކުރިއަށްއޮތީ އުފާވެރި ދުވަސްތަކެއް ކަމަށެވެ. އިންތިހާބީ ރައީސް ވަނީ އެމަނިކުފާނު އިންތިހާބުވިފަހުން ރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން ސޯޝަލްސެންޓަރުގައި ރައްޔިތުންނާއި ބައްދަލު ކުރައްވާ ޑރ. މުއިއްޒު އޭރު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މައްޗަށް އޮތީ އެހެން ބައެއްގެ ބާރުކަމަށާއި، ނަމަވެސް އެމަނިކުފާނުގެ މައްޗަށް އެއްވެސް ބަޔަކަށް ބާރު ނުހިންގޭނެކަމަށެވެ.

އެމަނިކުފާނުގެ މައްޗަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނިކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ހީވާގި ޓީމެއް އެކުލަވާލާ، ގާބިލް ކެބިނެޓެއް އެކުލަވާލާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: