ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގައި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާނަމަ ފިޔަވަޅު އަޅަނީ!

ސީއެމް ޔޯގީ އަދިޔަނާތު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ ހައްގުގައި ވަކާލާތުކޮށް އަޑުއުފުލާކަމަށް ފާހަގަކުރެވޭ މީހުންނާއިމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އިންޑިއާގެ އުތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު އިންޒާރު ދީފިއެވެ.

ފަލަސްތީނުގެ ހަނގުރާމައިގައި އިންޑިއާގެ ބޮޑުވަޒީރު އަދި ސަރުކާރުން އިސްރާއީލުގެ ހައްގުގައި ވަކާލާތުކުރަމުންދާއިރު، އިންޑިއާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ރިޕޯޓުކުރާ ނޫހަކުންވަނީ ޕަލަސްތީނާއި އެއްކޮޅަށް ވަކާލާތުކުރާ އުއްތަރު ފްރަދޭޝް ސަރަަހައްދުގެ މީހުންނަށް ސަރުކާރުން އިންޒާރު ދީފައިވާކަމަށް ރިޕޯޓުކޮށްފައެވެ.

އެގޮތުން ފަލަސްތީނުގެ ހައްގަށް ވަކާލާތުކުރުން ފަދަ އެއްވެސް ހަރަކާތެއްގައި ބައިވެރިވެރިވާނަމަ ނުވަތަ މި މައްސަލައިގައި އިންޑިއާގެ ސަރުކާރުގެ ހިޔާލާއި ދެކޮޅަށް އަމަލުކޮށް ފަލަސްތީނަށް ތާއީދުކޮށް ސޯޝަލްމީޑިއާގައި ޕޯސްޓުކުރާ މީހުންނަށް ހަރުކަށި އަދަބު ދޭނެކަމަށް ބުނެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެ ސަރަހައްދުގެ ސީއެމް ޔޯގީ އަދިޔަނާތުވަނީ ފުލުހުންނަށްވެސް އިސްވެ ފާހަގަކުރި ކަންކަމާއިމެދު ހަރުކަށި ފިޔަވަޅު އެޅުމަށް އިރުޝާދު ދީފައިކަމަށާއި މި އިރުޝާދުތައް ދީފައިވަނީ އިންޑިއާގެ ޔުނިވާރސިޓީއެއްގައި އިސްރާއީލާއި ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ ހަރަކާތެއް ކުރިއަށް  ގެންގޮސްފައިވަނިކޮށްކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 4%ވަރަށް ދެރަ 83%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: