ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހދ. މަކުނުދޫގައި ނަރުދަމާގެ މަސައްކަތްތައް ކުރަމުންދިޔަ ސައިޓުގައި އެއްޗެއް ގޮވައި ދެ މީހުން މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. މަކުނުދޫގައި ނަރުދަމާގެ މަސައްކަތްތައް ކުރަމުންދިޔަ ސައިޓުގައި އެއްޗެއް ގޮވައި ދެ މީހުން މަރުވެއްޖެ އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ރަށުގައި ނަރުދަމާގެ މަސައްކަތް ކުރަމުންދިޔަ ސައިޓުގައި އެއްޗެއް ގޮވާފައިވާ ކަމުގެ ރިޕޯޓުތަކެއް ލިބިގެން ފުލުހުން ގެންދަނީ އެ ތަނުގައި ހަރަކާތްތެރިވަމުންނެވެ.

އަދި މިހާދިސާގައި ދެ މީހަކު މަރުވެފައިވާކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އަދި މަރުވެފައިވާ އެކަކުގެ ހަށިގަނޑު ވަރަށް ބޮޑަށް ޗަސްވެފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މަރުވެފައިވަނީ ކޮންބައެއްކަން އަދި ސާފުނުވާކަމަށްވެސް ފުލުހުން މަޢުލުމާތުދެއެވެ.

މަކުނުދޫ ކައުންސިލްއާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވާގޮތުން މި ހާދިސާ ހިނގާފައި ވަނީ އެރަށު އެންމެ ބަނދަރު މަތީ މުދާ ބާލާ ސަރަހައްދުގައެވެ. މިހާތަނަށް އެ ސަރަހައްދުގައި މަސައްކަތް ކުރަމުން އައި ތިން މީހަކު މަދުކަން ފާހަގަކުރެވޭކަމަަށާއި އިންސާނުންގެ ބައިތައް ހުރީ ކުދިކުދި ވެފައި، ފުނޑުފުުނޑުވެފައިކަމަށް އެރަށު ކައުންސިލަރު ހާމަކޮށްފައިވެއެވެ.

މިކަމުގެ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

(ތަފްސީލް އަންނަނީ)

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: