ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެޕްޓެމްބަރު މަހު 213 މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރު މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އަށް 213 މައްސަލަ ރިޕޯޓްކޮށް އެޓެންޑުކޮށްފިއެވެ.

ޖެންޑަރ އަށް ރިޕޯޓްކޮށްފައިވާ 92 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ މައްސަލައެވެ. ޖެންޑަރ އަށް ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މައްސަލަ ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބު ތަކުންދައްކައެވެ.

އެގޮތުން ޖިންސީ އަނިޔާގެ 23 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި އިހުމާލުގެ 20 މައްސަލަ އާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 16 މައްސަލަ އާއި ޖިސްމާނީ އަނިޔާގެ 15 މައްސަލަ އަދި ނަޕްސާނީ އަނިޔާގެ 3 މައްސަލަ ހިމެނެއެވެ.

ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 6 މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލަ ހިމެނެއެވެ. މިނޫންވެސް އެހެން ބާވަތުގެ އަނިޔާގެ 3 މައްސަލަ ހުށަހެޅި އެޓެންޑްކުރެވިފައިވެއެވެ. ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 39 މައްސަލަ ސެޕްޓެމްބަރ މަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހެޅިފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލައެވެ. އެގޮތުން، މިބާވަތުގެ 18 މައްސަލައެއް ހުށަހަޅައިފައިވެއެވެ. އަދި، ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ 10 މައްސަލަ އާއި ޖިންސީ އަނިޔާގެ 4 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 6 މައްސަލަ އަދި އިހުމާލު ގެ 1 މައްސަލަ ހުށަހަޅައި އެޓެންޑްކޮށްފައިވެއެވެ.

އާއިލީ މައްސަލަތަކާއި ގުޅުންހުރި 25 މައްސަލައެއް ސެޕްޓެމްބަރ މަހުގެ ތެރޭގައި މިނިސްޓްރީއަށް ވަނީ ހުށަހަޅާފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 13 މައްސަލައާއި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 11 މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ޖެހޭ 1 މައްސަލަ ހިމެނެއެވެ. އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 14 މައްސަލަ ސެޕްޓެމްބަރ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލަ ސެޕްޓެމްބަރ މަހުގެ ތެރޭގައި މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 12 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 1 މައްސަލަ ހިމެނެއެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކާއި ގުޅިގެން 4 މައްސަލައެއް ސެޕްޓެމްބަރ މަހުގެ ތެރޭގައި މިނިސްޓްރީއަސް ހުށަހަޅައި އެޓެންޑްކޮށްފައިވެއެވެ. ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 23 މައްސަލައެއް ސެޕްޓެމްބަރ މަހު ވަނީ ހުށަހަޅާފައެވެ. އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 8 މައްސަލަ އަދި ގެއިން ނިކުމެގެން ދިއުމުގެ 5 މައްސަލަ ހިމެނެއެވެ. އަދި މިނޫންވެސް އެހެންބާވަތުގެ އަޚުލާޤީ މައްސަލަތަކާއި ގުޅުންހުރި 10 މައްސަލައެއް ރިޕޯޓްކޮށްފައެވެ. ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 3 މައްސަލައެއް ސެޕްޓެމްބަރ މަހު މިނިސްޓްރީއަށްވަނީ ހުށަހަޅާފައެވެ. މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ކުދިންނަށް ވެކްސިން ދިނުމުގެ 2 މައްސަލަ އަދި ތަޢުލީމަށް ހުރަސް އެޅުމުގެ 1 މައްސަލަ ހުށަހަޅައި އެޓެންޑް ކޮށްފައެވެ.

މީގެއިތުރުން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 164 އެވެ. ސެޕްޓެމްބަރ މަހުގައި ދައުލަތަށް އަލަށް 1 ކުއްޖަކު ނަގައިފައިވާއިރު، 4 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކޮށް 1 ކުއްޖަކު ފޮސްޓަރކޮށްފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: