ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުވި ދެ ބިދޭސީންގެ ހަށިގަނޑު ތަހުލީލުކުރުމަށްޓަކައި މާލެ ގެންނަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. މަކުނުދޫ ބަނދަރު ސަރަހައްދުގައި ބާރު އެއްޗެއް ގޮވައި އެ ހާދިސާގައި މަރުވި ދެ ބިދޭސީންގެ ހަށިގަނޑު ތަހުލީލުކުރުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

މަކުނުދޫގައި ހިނގި ހާދިސާގައި މަރުވީ މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް ކުރާ ބިގް ފިޝް ކުންފުނީގެ ދެ ބިދޭސީ ފިރިހެނުންނެވެ. އެ ދެމީހުންނަކީ އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ 27, މުހައްމަދު ރާޖާ އަންސާރީ, އަދި 25، ސުދީރާ ސެތީ އެވެ.

މި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު ވަނީ ކުދިކުދި ވެފައެވެ. ހަށިގަނޑުގެ ގުނަވަންތައްވެސް ވަކިވެ، އެ ސަރަހައްދުން ފެނިފައިވާއިރު، ދެ މީހުންވެސް އޮތީ ކާކުކަން ވަކި ނުވާހާ ވަރުވެފައެވެ. އެގޮތުން އެކަކުގެ ބޮލެއް ނެތެވެ. ދެ މީހުންގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުއްޓެެވެ. ހަށިގަނޑު އޮތީ ފުނޑުފުނޑުވެފައެވެ. މި ހާދިސާއާ ގުޅިގެން މަކުނުދޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ވެސް މިހާރު ވަނީ މަޑުޖައްސާލައިފައެވެ.

މީގެއުތުރުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެމީހުންގެ ހަށިގަނޑާމެދު ދެން އަމަލު ކުރާނެ ގޮތެއް ނިންމާނީ ކުރަން ޖެހޭ ތަހުލީލުތަކަށް ފަހު ކަމަށެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 86%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: