ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އެކްސް”ގެ ސަބްސްކްރިޕްޝަން ޕްލޭންތައް ތައާރަފް ކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިން ޓްވިޓާގެ ނަމުން މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އިން ޕްރިމިއަމް ސަބްސްކްރިޕްޝަންގެ އާ ދެ ލެވެލްއެއް ތައާރަފް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއީއޯ އީލޮން މަސްކް ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މި ޕްލޭންތައް އިއުލާނުކޮށް އޭނާ ބުނީ އެއް ލެވެލްއިން އިޝްތިހާރުތައް ކުޑަނުކޮށް ހުރިހާ ފީޗާއެއް ލިބޭނެ ކަމަށާއި އަނެއް ޕްލޭންގައި އަގު ބޮޑު ނަމަވެސް އިޝްތިހާރު ފްރީ ފީޗާތަކެއް ހުންނާނެ ކަމަށެވެ.

މިކަން ނިންމީ ނިއުޒިލޭންޑާއި ފިލިޕީންސްގެ ޕްލެޓްފޯމަށް ވަނުމަށް އަލަށް ބޭނުންކުރާ ފަރާތްތަކަށް އެއް ޑޮލަރުގެ ފީއެއް ނެގުމަށް އެކްސް އިން އެކްސްޕެރިމެންޓް ކުރަން ފަށާފައި ވަނިކޮށެވެ. އެ ކުންފުނިން ބުނީ ސަބްސްކްރައިބް ނުކުރާ ކަސްޓަމަރުންނަށް ހަމައެކަނި ކޮންޓެންޓް ބެލޭނެ ކަމަށާއި ނަމަވެސް އެއާ މުއާމަލާތް ނުކުރެވޭނެ ކަމަށެވެ.

އާ ސަބްސްކްރިޕްޝަންތަކުގެ އަގާއި ލިބެން ހުންނާނެ ގޮތުގެ އިތުރު ތަފްސީލެއް މަސްކް އަދި ހާމައެއް ނުކުރެއެއެވެ. އޭނާ މީގެ ކުރިން ބުނެފައި ވަނީ އެކްސް އަށް ޗާޖު ކުރަނީ އެ ޕްލެޓްފޯމަށް އުނދަގޫވާ ބޮޓްތަކާއި ފޭކް އެކައުންޓްތައް ނައްތާލުމަށެވެ. އަދި އެކަމުގެ ސަބަބުން ކޮންޓެންޓާއި އެންގޭޖްމަންޓްގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެކްސް ހާސިލުކުރި ފަހުން މަސްކް ވަނީ އެ ޕްލެޓްފޯމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މުވައްޒަފުން ވަކިކުރުމާއި ކޮންޓެންޓް މޮޑަރޭޝަން ޓީމުތައް އުވާލައި، އެކްސް އަށް ނަން ބަދަލުކޮށްފައެވެ. އަދި މަހަކު އަށް ޑޮލަރުގެ ހިދުމަތެއް ކަމަށްވާ އެކްސް ޕްރިމިއަމް ތައާރަފްކޮށް، ބްލޫ ޗެކް މާކާއި އެހެނިހެން އިނާޔަތްތައް ވެސް އޭނާ ވަނީ ތައާރަފްކޮށްފައެވެ.

މަސްކްގެ މި ނިންމުމުގެ ސަބަބުން ގިނަ އިޝްތިހާރުކުރާ ފަރާތްތައް އެކަހެރިވެފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ އެކްސްގެ ސައްހަކަމާއި ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެކްސްގެ އިޝްތިހާރުތައް ހިންގުން ހުއްޓާލައިފައެވެ. މިކަމުގެ ސަބަބުން އެކްސްގެ އާމްދަނީ އަށް ބުރޫ އަރާފައިވާ ކަމަށް މަސްކް އިއުތިރާފުވެ، އިޝްތިހާރުކުރާ ފަރާތްތަކަށް ޕްރެޝަރު ކުރަނީ އެކްޓިވިސްޓުން ކަމަށް މަސްކް ތުހުމަތު ކުރިއެވެ. އަދި ޑިސްކައުންޓާއި އިނާޔަތްތައް ދީގެން އެމީހުން އަނބުރާ ގެނައުމަށް މަސައްކަތް ވެސް ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: