ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ ފަރާތުން 500،000 ރުފިޔާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފި

އައި.އޭ.ސީ އަށް ފައިސާގެ އެހީ ހަދިޔާކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ ފަރާތުން 500،000.00 (ފަސްލައްކަ ރުފިޔާ) ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަދިޔާކޮށްފިއެވެ.

އިޒްރޭލުގެ ހައްދުފަހަނައަޅައިފައިވާ އަސްކަރިއްޔާ އިން ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ސްޓެލްކޯއިން ފައިސާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކޮށްފައިވަނީ ސްޓެލްކޯ ބޯޑު ރޯމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސްޓެލްކޯގެ ފަރާތުން ފައިސާގެ އެހީގެ ޗެކް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކޮށްދެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ޗެކާ ހަވާލުވެފައިވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ޗެއާމަން އަހުމަދު އިގްބާލްއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއިންގެ ފަރާތުން ކުރިއަށް ގެންދާ ފަންޑު ހޯދުމުގެ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ސްޓެލްކޯގެ ހެޑް އޮފީހުގެ ލޮބީ ސަރަހައްދުގައި ވަނީ ފަންޑުފޮއްޓެއް ބައްޓާފައެވެ.

މީގެއިތުރުން އިޒްރޭލުގެ ޔަހޫދީން ފަލަސްތީނަށް ހަމަލާދޭން ފަށާފައިވަނީ އިކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. މެދުކެނޑުމެއްނެތި ހަމަލާތައް އަމާޒު ކުރަމުންދާއިރު އެގައުމުގެ އެތައް ހާސް ރައްޔިތުންވަނީ ހާލުގައި ޖެހިފައެވެ. އަދި އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އައި.އޭ.ސީ އަށް ގިން ކުންފުނިތަކުންނާއި އާންމުންގެ އެހީ ދަނީ ލިބެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: