ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުތަކަށް ނުުފޫޒު ފޯރުވުން ހުއްޓުވޭނީ ގާނޫނު ތަންފީޒުކޮށްގެން: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އިންތިހާބުތަކަށް ނުުފޫޒު ފޯރުވުން ހުއްޓުވޭނީ ގާނޫނު ތަންފީޒުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ގާނޫނެއް ހަދައި، އެ ގާނޫނު ތަންފީޒުކޮށްގެން ނޫނީީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުން ނުހުއްޓޭނެ ކަމަށެވެ.

“އަޅުގަނޑުމެންނަށް ދެން ގެނެވޭނެ ހައްލަކަށް އޮތީ މަޖިލީސްގެ ތެރެއިން އިންތިހާބުތަކާ ބެހޭ ގާނޫނަށް އާންމު ގާނޫނަކަށް ނަމަވެސް ބަދަލު ގެނެސްގެން އެންމެ ކުޑަމިނުން އިންތިހާބެއް ފެށުމަށްފަހު އެ އިންތިހާބެއް ފެށުމަކާ ދެމެދު ތިން މަހެއްހާ ދުވަސް އޮއްވާ ދެން އެ އިންތިހާބަކަށް ނުފޫޒު ފޯރުވާ ޒާތުގެ ކަންތައްތައް ނުކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލުތައް ގެނައުން” އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިހާރުގެ ސަރުކާރުން ކޮންމެ އިންތިހާބަކާ ދިމާކޮށް ނުފޫޒު ފޯރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރު ބަދަލުވިނަމަވެސް އެ މައްސަލައަށް ހައްލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އާ ސަރުކާރެއް ރައްޔިތުން އެކުލަވާލަނީ ނިމިދިޔަ ސަރުކާރުން ގޯސްކޮށް ކޮށްފައިވާ ކަންކަން ރަނގަޅުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އާދަމް ޝަރީފު ވިދާޅުވީ އިންތިހާބަށް ނުފޫޒު ނުފޯރުވޭނެ ގޮތަށް ގާނޫނުތައް ފަރުމާކުރަން ސަރުކާރަށް ދޫކޮށްލައިފިނަމަ، އަނެއްކާވެސް އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ގިނަ ފަހަރަށް ސިޔާސީ ފަރާތްތަކަށް ބާރު ލިބުމުން ރަނގަޅު ގޮތްގޮތަށް ކަންކަން ނުވާ ކަމަށް ވިދާޅުވިއެވެ. ގާނޫނުތައް ހަދާ ތަންފީޒު ކުރެވޭނަމަ ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް އެކުލަވާލެވި ގޯސްކޮށް ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: