ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންނަށް ހާޒިރީ އެލަވަންސް ދެނީ!

ވެލާނާގެ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ނަމަ، ސިވިލް ސާވަންޓުންނަށް ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލު ގެނެސްފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ފިނޭންސް މިނިސްޓްރީއިން އާންމުކުރި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލުގައިވާ ގޮތުން، ސިވިލް ސާވަންޓުން ރަސްމީ މަސައްކަތު ދުވަހުގެ އިތުރުން، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަހު ޑިއުޓީ އުސޫލުން މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭނެއެވެ.

ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ހާޒިރީ އެލަވަންސް ލިބޭނީ، ވަޒީފާއާ ބެހޭ ގާނޫނުގައި ރަސްމީ މަސައްކަތުގެ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ ވަގުތުގެ ދެބައިކުޅަ އެއްބައި ވަގުތު މަސައްކަތް ކުރާ ހާލަތްތަކުގައެވެ. އަދި އެއީ މުވައްޒަފުން ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވުމާއި އަދި އޮންލައިންކޮށް މަސައްކަތް ކުރަން ޖެހޭ ހާލަތެއްގައި ”ސައިން-އިން“ ވެގެން ހާޒިރުވެއްޖެ ނަމައެވެ.

ނަމަވެސް މީގެ ކުރިން އަމަލު ކުރި ޕޭ ފްރޭމްވޯކްގައި އޮންނަ ގޮތުން، ހާޒިރީ އިނާޔަތް ލިބޭނީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: