އަރބަންކޯއިން މި ހަފްތާ ބަންދުގައި ފަލަސްތީނަށް އެހީވުމަށް ހިންގޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެނދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
އެގޮތުން ފަލަސްތީނަށް އެހީވުމަށް ވަނީ ބޮޑު ތިން އިވެންޓްއެއް މި ހަފްތާ ބަންދުގައި ބޭއްވުމަށް ވަނީ ރޭވިފައެވެ.
އޭގެ ތެރޭގައި ހިމެނޭ އިވެންޓް ތަކަކީ؛
- އިލްމުވެރިންގެ ގުޅުން، ހިދުމަތް ޖަމްއިއިޔާއިން 26 އޮކްޓޯބަރގައި ، ފޭސް 2 ހިޔާ ޕާރކްގައި “ ފަލަސްތީނުގެ ހާލަތާއި މެދު“ މި މައުޟޫއަށް ދީނީ އިލްމުވެރިންނާއިއެކު ކުރިއަށް ގެންދިމަށް ހަމަ ޖެހިފައިވާ ޕެނަލް ޑިސްކަޝަން.
- މޯމްސަ އެން.ޖީ.އޯ އިން 27 އޮކްޓޯބަރ ގައި ހިޔާ ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ފަންޑް ރައިޒިންގ އިވެންޓް.
- ކޭކް ޑޯނާރސް އިން 28،29، އަދި 30 އޮކްޓޯބަރ ގައި ބެއްވުމަށް ހަމަ ޖެހިފައިވާ ފަންޑް ރައިޒިންގް އިވެންޓް ހިމެނެއެވެ.
އަރބަންކޯގެ އެދުމަކީ ވިހާވެސް ގިނަ ބޭފުޅުން މި އިވެންޓްތަކުގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެމީހަކަށް ވީވަރަކުން އެހީވެދިނުމެވެ.

