ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ އެމްބިއުލާންސްގެ ހިދުމަތް މާލެއަށް ތައާރަފްކޮށްފި

ގައުމީ އެމްބިއުލާންސް ތައާރަފް ކުރުމުގެ ރަސްމިއްޔާތު ގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ގައުމީ އެމްބިއުލާންސްގެ ހިދުމަތް މާލެ ސަރަހައްދަށް ތައާރަފް ކޮށްފިއެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ގައުމީ އެމްބިއުލާންސްގެ ހިދުމަތް މާލެ ސަރަހައްދަށް ތައާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމްއެވެ. ގައުމީ އެންބިއުލާންސްގެ ހިދުމަތް މާލެއަށް ދިނުމަށްޓަކައި 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރެއް ގާއިމްކޮށް މިކަމަށް ހާއްސަ ނަންބަރެއް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ކަނޑައަޅާފައިވާ ނަންބަރަކީ 100 އެވެ.

މިހިދުމަތް ތައާރަފް ކުރުމުގެ މައިގަނޑު މަޤްސަދަކީ މެޑިކަލް އެމަރޖެންސީތަކާއި އެކްސިޑެންޓްތަކަށް އަވަހަށް އެޓެންޑްވުމެވެ. އަދި ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންދެވެންދެން ޕްރީ ހޮސްޕިޓަލް ކެއަރގެ ހިދުމަތް ފޯރުކޮށްދީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުުން ކަމަށް މިނިސްޓްރީ އޮފް ހެލްތުން ވަނީ މައުލޫމާތު ދީފައެވެ.

މި ހިދުމަތް ކުރިއަށް ގެންދާނީ މާލެ ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކާއި އަދި ގައުމީ އެމްބިއުލާންސް ހިދުމަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެންނެވެ. މިގޮތުން މާލެ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކާއި އަދި ކަމާގުޅުންހުރި މުއައްސަސާތަކުން މިހިދުމަތް ފޯރުކޮށްދިނުމުގައި ބައިވެރިވާނެ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވެއެވެ.

މިހިދުމަތް މާލެ ސަރަހައްދުގައި ތައާރަފްކުރެވުނު ނަމަވެސް މުސްތަގްބަލްގައި އެކި ސަރަޙައްދުތަކަށް ބަހާލެވިގެން މުޅިރާއްޖެއަށް މިހިދުމަތް ފުޅާކުރެވިގެންދާނެ ކަމަށްވެސް ހެލްތުން ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: