ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނަށް އެހީވުމަށް ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑަށް 1.6 މިލިން ރުފިޔާ ލިބިއްޖެ

ފޮޓޯ: އަހުޒަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ހުޅުވި ފަންޑަށް 1.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފިއެވެ.

ސޮލައިޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޑް ކްރެސެންޓުން ބުނީ ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފައިވާ ފަންޑަށް އެހީވުމުގެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާނެ ކަމަށެވެ. އަދި ހަނގުރާމައިގެ ހާލަތު ބަދަލުވަމުންދާގޮތުންނާއި އެކި ފަރާތްތަކުގެ އެދުމުގެ މަތިން، މި މުއްދަތު 12 ނޮވެމްބަރާއި ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ރެޑް ކްރެސެންޓުން ބުނާގޮތުގައި މި ފަންޑަށް ލިބޭ ފައިސާގެ އެހީގައި ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި، އުޅަނދުތަކަށް ބޭނުންވާ ތެލާއި ކާބޯތަކެއްޗާއި، ސާފު ބޯފެން ފަދަ ޒަރޫރީ ބޭނުންތައް ގައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ. އެޖަމިއްޔާއިން ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ދީފާއިވާ ރުފިޔާ ހަވާލުކުރާނީ ފަލަސްތީނުގެ ރެޑް ކްރެސެންޓަށް ކަމަށެވެ. އެރުފިޔާ ހަވާލު ކުރުމަށްފަހު ފައިސާ ލިބުނު ކަމުގެ ރަސީދުވެސް ހޯދާނެ ކަމަށް ރެޑް ކްރެސެންޓުނަވަނީ ބުނެފައެވެ.

މީގެއިތުރުން ރެޑް ކޮރެސެންޓުން ބުނީ ފަލަސްތީނުގެ 3 ހޮސްޕިޓަލެއްގައި ގިނަ އަދަަދެއްގެ ރެފިއުޖީން ތިބިކަމަށެވެ. އެ ހޮސްޕިޓަލްތަކުގައި މީހާރު ބޭނުންކުރަމުން ދަނީ އެމެޖެންސީ ޖެނެރޭޓަރު ކަމަށާއި އަދި ގިނަ ޖެނޭރަޓުތަށް ވަނީ ހަލާކުވެފައި ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އެހެންކަމުން ޖެނެރޭޓަރުތަށް އެއްކޮށް ހަލާކުވެއްޖެނަމަ ލައިފް ސަޕޯޓުގައިވާ 1000 މީހަކު ވަގުތުން މަރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: