ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނާއި ހިލާފަށް ކުންފުނިތަކުން ރަސްމީ ތަކެތި ނައްތާލަމުންދާނަ ފިޔަވަޅު އަޅާނަން: ޕީސީީބީ

އުވަ ގަށާ މެޝިނަކަށް ލިޔެކިޔުންތަކެއް އަޅައި ނައްތާލާ މަންޒަރު ފެންނަ ވީޑިއޯ.
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާއި ގަވައިދާއި ހިލާފަށް އެއްވެސް ކުންފުންޏަކުން ރަސްމީ ތަކެތި ނައްތާލަމުންދާނަ ފިޔަވަޅު އަޅާނެކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީީބީ) އިން ބުނެފިއެވެ.

މިކަން އެންގުމަށް ނެތުން ބަޔާނުގައި ޕީސީީބީ އިން ބުނީ ސަރުކާރު ބައެއް ކުންފުނިތަކާއި އެ ކުންފުނިތަކުގެ ބައެއް ސަބްސިޑިއަރީ ކުންފުނިތަކުން އެ ކުންފުނިތަކުގެ ރަސްމީ ލިޔުންތައް ނައްތާލުމުގެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ތުހުމަުކޮށް އޭސީސީއަށް އެކި ފަރާތްތަކުން މައްސަލަ ހުށަހަޅުއްވަމުން ގެންދާކަމަށެވެ.

އެފަދަ އަމަލުތަކަށް ސަމާލުވެ އެކަންކަން ވިޔަނުދިނުމަށާއި ހުއްޓުވުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް އޭސީސީން އެ ބޯޑުގައި އެދިފައިވާކަމަށާއި، މީގެ އިތުރުން އަމިއްލަ ފަރާތްތަކު ވެސް އެ ބޯޑުގެ ސަމާލުކަމަށް އެފަދަ މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނު ގެ ދަށުން ހަދާފައިވާ ދިވެހު ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރެކޯޑުތަކާއި، މައުލޫމާތު ނައްތާލުމާއި ބެހޭގޮތުން އަމަލުކުރަންވީ ގޮތުގެ ގަވައިދުގެ 3 ވަނަ މާއްސާގެ ދަށުން ދައުލަތުގެ މައައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުން އެއްވެސް ބާވަތެއްގެ ރަސްމީ ލިޔުންތަކާއި ފޮޓޯތަކާއި ޗާޓުތަކާއި ރިކޯޑްރަކާއި މައުލޫމާތު ނައްތާލަން ބޭނުންވެއްޖެނަމަ، ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލަށް އެކަން އަންގަންވާނެކަމަށް ބަޔާންކޮށްފައިވާނެކަންވެސް ޕީސީބީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ ތަކެތި ނައްތާލެވޭނީ އެ ގަވައިދުގައިވާ ގޮތަށް ކަމުގައި ވެސް ބަޔާންކޮށްފައިވާކަމަށްވެއެވެ.

އެހެންކަމުން ސަރުކާރުގެ އެއްވެސް ކުންފުންޏަކުން ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދާ ހިލާފަށް އެ ކުންފުންޏެއްގެ ރަސްމީ އެއްވެސް ލިޔުމެއ،ް ފޮޓޯއެއް، ޗާޓެއް، ރިކޯޑެއް، މައުލޫމާތެއް ނައްތާލުމުގެ އެއްވެސް އަމަލެއް ނުހިންގެވުމަށާއި، އެފަދަ ތަކެތި ނައްތާލަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް އެ ކުންފުންޏަލަށް ފެންނަނަމަ އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކު ކުރުމަށް ޕީސީބީން ވަނީ އެދިފައެވެ. އަދި ބުނީ އެކަން އެގޮތަށް ހިނގާކަން ކުންފުނިތަކުގެ ޑިރެކްޓަރު ބޯޑުންނާއި މެނޭޖްމަންޓުން ކަށަވަރު ކުރަންޖެހޭނެކަމަށެވެ.

ޕީސީބީއިން ބުނީ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދާ ހިލާފަށް އެއްވެސް ކުންފުންޏަކުން ރަސްމީ އެއްވެސް އެއްޗެއް ނައްތާލާކަމުގެ މައުލޫމާތެއް ނުވަތަ ނައްތާލައިފިކަމުގެ މައުލޫމާތެއް ލިބިއްޖެނަމަ އެފަދަ ފަރާތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ.

ޕީސީބީއިން މިފަދައިން ބުނެ ބަޔާނެއް ނެރެރެފައިވާއިރު، ދައުލަތުގެ ހިއްސާ އޮންނަ އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް އުވަ ގަށާ މެޝިނަކަށް އަޅައިގެން ނައްތާލުމުގެ މަސައްކަތް ކުރާ ވީޑިއޯއެއް ވަނީ އާންމުކޮށްފައެވެ. މިކަމާއި ގުޅިގެން އެފްއެސްއެމް ބުނީ އެއީ ގޯސްކަމެއް ފޮރުވުމަށްކޮށްފައިވާކަމެއް ނޫންކަމަށާއި، ދުރާލާ މަޝްވަރާކުރެވިގެން ކޮށްފައިވާކަމެއްކަމަށެވެ. ނަމަވެސް ގާނޫނުގައި އޮންނަ ގޮތުގެ މަތިން ގައުމީ އަރުޝީފަށް މިކަން އަންގާފައިނުވާތީ ގައުމީ އަރުޝީފުން ވަނީ މި މައްސަލަ ބެލުމަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: